އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޤީރުންނަށް ޙައްޖުކޮށްދިނުމުގެ ޕްރޮގްރާމް މިއަހަރު ފެށޭނެ! ވަޢުދުފުޅާއެއްގޮތަށް ކުރިއަށް ގެންދެވޭނެ!: ޑރ. ޝަހީމް

ފަޤީރުންނަށް ޙައްޖުކޮށްދިނުމުގެ ޕްރޮގްރާމް މިއަހަރު ފެށޭނެ! ވަޢުދުފުޅާއެއްގޮތަށް ކުރިއަށް ގެންދެވޭނެ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 13 ސިކުންތު

އާދެ، ފަޤީރުންގެ ތެރެއިން ބަޔަކު ޙައްޖަށް ފޮނުވުމަކީ އެއީ ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯގަ ހިމެނިފައިވާ ކަންތައްތަކެއް. ވަރަށް މުހިއްމުކަން ދެއްވާކަމެއް މި ކަމަކީ. އެހެންވީމާ ވެރިކަމުގެ މިހާ ކުރީކޮޅު ﷲ އިރާދުކުރެއްވިއްޔާ މިކަމަށްވެސް މިވަނީ މަގެއް ފަހިވެގެން ގޮސްފަ. ﷲ އިރާދުކުރެއްވިއްޔާ މެނިފެސްޓޯގަ ބަޔާންކުރައްވާފަވާ ގޮތުގެ މަތިން ފަޤީރުންގެ ބަޔަކު ސަރުކާރުގެ ޚަރަދުގަ މިފަހަރު ޙައްޖަށް ދާނެ. އޭގެ ތެރެއިން 50 މީހުން މާތް ﷲ އިރާދުކުރެއްވިއްޔާ މިފަހަރު ޙައްޖުގަ ބައިވެރިވާނެ.

އެމީހުން އިޚްތިޔާރު ކުރެވިފަވަނީ ކެބިނެޓްގެ ނިންމުމާ އެއްގޮތަށް ފަޤީރުންގެ ދަފްތަރުން ގުރުއަތު ލައިގެން. އެއީ މިތާގަ ހުންނަ ވެރިއަކު ބޭނުން މީހަކު ނުވަތަ އެހެންމީހަކު ބޭނުން މީހަކު އެއް ނޫން އޭގަ ހޮވިފަ އޮންނާނީކީ. ބޭނުން ނުވާ މީހަކުވެސް ހޮވިފަ އޮވެދާނެ. ބޭނުން ވާ މީހަކުވެސް ހޮވިފަ އޮވެދާނެ. ގުރުއަތުން ދިމާވާ ކަމެއްވީމަ އޭގަ އެއްވެސް މީހެއްގެ ނުފޫޒެއްނެތި ވަރަށް ތާހިރުކޮށް އެކަން ގޮއްސަ މިއޮތީ. އޭގަ އެއްވެސް މައްސަލައެއް ދިމާނުވެ އިރާދުކުރެއްވިއްޔާމު އެކަން އެއޮތީ ޙާސިލް ކުރެވިފަ.  

ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއަކީ ހަޤީގަތުގަ ކޮންމެ އަހަރަކު މިއަށްވުރެ އިތުރަށް މީހުން ގެންދެވޭނެ، ގެންދެވިދާނެ. އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ މި ކަންކަމަކީ މީ ކޯޓާއާ ގުޅިފައި އޮންނަ ކަމެއް. އެހެންމަ ކޯޓާގެ ތެރެއިން ކުރިއަށްދާ ކަމަކަށްވީމަ މިފަހަރު ދެވެންއޮތް އަދަދުގެ މައްޗަށް މިފަހަރު ތަރުތީބު ވެފަ އެއޮތީ. އެހެންވީމަ މިއަންނަ އަހަރު މިއަށްވުރެ އިތުރަށް ވެދާނެ. 5 އަހަރުދުވަހުގެ ތެރޭގަ 1000 މީހުން ޙައްޖަށް ފޮނުވުމަކީ ރައީސްގެ ޢަމާޒެއް.

މީހެއްގެ އުއްމީދު ކުރާ މިންވަރަކުން ފަހަރެއްގަ 10 ޕަސެންޓް ޙާސިލް ކުރެވިދާނެ. އެހެން ނޫންތޯ. ފަހަރެއްގަ 50 ޕަސެންޓް ހާސިލް ކުރެވިދާނެ. ފަހަރެއްގަ 100 ޕަސެންޓް ޙާސިލް ކުރެވިދާނެ. އެކަމުގަ އޮންނަނީ މާތް ﷲ ދެއްވާ ތައުފީޤް. އެއީ ހެޔޮ އުއްމީދެއް ކުރަންޏާ އެކަމުގަ އިރާދުކުރެއްވިއްޔާމު ރަނގަޅު ނަތީޖާ އޭގަ އަންނާނެ. އެވެސް އަޅުގަނޑުމެންނަށް މީގަ ފެނިގެންދާ ކަމެއް އެއީ. 50 މީހުން، މިފަހަރު ފަޤީރުން 50 މީހުން ދައުލަތުގެ އެހީގަ، ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް ޙައްޖަސް ދިއުން އެއީ ވަރަށް ރަނގަޅުކަމެއް އެއީ ރާއްޖޭގަ ޤާއިމް ކުރެވިގެންދާ ރަނގަޅު އަސާސްއެއް އެއީ.  

ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގަ ތަންކޮޅެއް ކުރިގަ ދިވެހިރާއްޖޭގަ ކޮށް އުޅުނުކަމެއް އެކަމަކީ އެއީ ސަރުކާރު ހަރަދުގަ މީހުން ޙައްޖަށް ފޮނުވުން. އެކަމު ފަހުން އެކަން އޮތީ ހުއްޓިފަ. ހުއްޓިފަ އޮތީ، އެއްވެސް ބަޔަކު ފަހުން މާބޮޑު ސަމާލުކަމެއް ދޭ ކަމެއްވެސް ނޫން އެއީކީއެއް. އެހެން ނަމަވެސް ރައީސް މުޢިއްޒުގެ މި ވެރިކަމުގަ އެމަނިކުފާނު މެނިފެސްޓޯގަ ވަޢުދެއްގެ ގޮތުގަ ކަނޑައަޅުއްވާފަ އޮތް ކަމެއް މިކަމަކީ. މިކަން ވެގެން މިދާދިޔުން މީ ރާއްޖޭގަ އަސާސެއް، ދައުލަތުގެ ތެރޭގަ ޤާއިމް ކުރެވޭ ވަރަށް ރަނގަޅު އަސާސްއެއް. އިސްލާމީ ދައުލަތެއްގެ ތެރޭގަ ފަޤީރުންނަށް ފަރުޟު ޙައްޖު ކުރުމަށްޓަކަ އެހީތެރިކަން ދިނުމަކީ އެއީ ރަނގަޅު ސިފައެއް އެއީ ދައުލަތުގެ ތެރޭގަ އޮންނަ. އެއީ ރަނގަޅު ސިފައެއް އެއީ. އެހެންމަ އެކަމަށް އަޅުގަނޑުމެން ހިތްވަރުދެން. ސަރުކާރުގެ މި ނިންމުން އިރާދުކުރެއްވިއްޔާ މިއަދު މިވަނީ ޙަޤީގަތަކަށް ވެފަ. ވަޢުދު މިއަދު މިވަނީ ޙަޤީގަތަކަށް ވެފަ.  

އެމީޙުން، 50 މީހުން އިޚްތިޔާރު ކުރެވި، 50 މީހުންނާ މުއާމާލާތު ކުރެވި އެމީހުން ދަތުރަށް ތައްޔާރުވެ، ހުރިހާ ކަމެއް މިހާރު އެދަނީ ކުރަމުން. އިރާދުކުރެއްވިއްޔާމު ފުރަން ގާތްވީމާ އެމީހުންނާ ބެހޭގޮތުން ކުޑަކުޑަ ހަފްލާއެއް އަޅުގަނޑުމެން ބާއްވާލާނަން. އެއީ ޙައްޖަށް ފުރަން ގާތްކޮށްފަ. އަޅުގަނޑުމެން އެ ޙަފްލާއަށް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށް ދައުވަތުވެސް އިންޝާﷲ ފޮނުވާނަން. އެއީވެސް ވަރަށް ރަނަގޅު ކަމެއް. އެމީހުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް އެއީ. ބައެއް މީހުން ވަރަށް ފަޤީރު. އަޅުގަނޑުމެން ހީކުރާވަރަށްވުރެ ފަޤީރު މީހުން ރާއްޖޭގަ އުޅޭ. ޙައްޖަށް ދިއުމުގެ ނަޞީބު އެއީ ވަރަށް މަތިވެރި ނަޞީބެއް. ގެފުޅަށް ޒިޔާރަތް ކުރުމުގެ ނަޞީބަކީ ވަރަށް މަތިވެރި ނަޞީބެއް އެއީ. އެ ފުރުޞަތު އެމީހެއްގެ ޙަޔާތުގަ އެމީހަކަށް ލިބިގެން ދިޔުމަކީ ﷲ ލައްވާނެ ވަރަށް ބޮޑު ތަޢުފީޤެއް، ވަރށް ބޮޑު ރަޙްމަތެއް އެއީ. އެހެންވީމަ އެ ނިޢުމަތަށް ޝުކުރުވެރި ވުމަކީ ވަރަށް މުހިއްމު ކަމެއް އެއީ. އެކަމުގެ މައްޗަށް ﷲ އަށް ޝުކުރުވެރިވުން އިނގޭތޯ.  

- މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު