އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވެރިޔާ ގެއްލޭތީ، ކައިވެނި ރޫޅޭތީ ކަންބޮޑުވެ ހިތަށް އަނިޔާނުކޮށް ނިކަން ކުރިއަށް ފެންނަން އޮތް އުފާވެރި މަންޒަރު ބަލައިބަލާށެވެ.!

ލޯބިވެރިޔާ ގެއްލޭތީ، ކައިވެނި ރޫޅޭތީ ކަންބޮޑުވެ ހިތަށް އަނިޔާނުކޮށް ނިކަން ކުރިއަށް ފެންނަން އޮތް އުފާވެރި މަންޒަރު ބަލައިބަލާށެވެ.!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ދާދިފަހުން ބައްދަލުވި ޒުވާނަކު ބުންޏެވެ. "ޝައިޚް އެވެ. ކައިވެނި ކުރަން ބޭނުންވެގެން ގުޅި ކައިވެންޏާއި ހަމައަށް ނުދެވެނީސް މިހާރު 4 ލޯބިވެރިން ގެއްލިއްޖެއެވެ." މިއީ ޢާންމުކޮށް މިމޭރުމުން އަބަދުވެސް ކުރާ ޝަކުވާއެއްވެސްމެއެވެ.

ޖަވާބުގައި ބުނީމެވެ. "5 ވަނައަށް ލިބޭ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ މާފުރިހަމަވާނެ ކަމަށް ޔަޤީންކުރާށެވެ. އަހަރެމެންނަށް އެނގޭނީ ކޮންކަމެއް ހެއްޔެވެ؟ ވާން ހުރި އެއްވެސް ކަމެއް އަހަރެމެންނަށް ނުއެނގޭއިރު ވާން ހުރި ހުރިހާ ކަންކަން އެންމެ މޮޅަށް ﷲ ތަޢާލާ ދެނެވޮޑިގެންއެވެ. ވީއިރު ތިބާއަށްޓަކައި އެކަލާނގެ ނިންމެވި ނިންމެވުމުން ތިބާއަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ލިބިދާނެކަމަށް ވިސްނަންވެސް ހެޔޮނުވާނެ ނޫންހެއްޔެވެ؟

ހަމަ އެފަދައިން ބައެއް ޒުވާން އަންހެން ކުދިން ބުނެއެވެ. "މިވެނި އަންހެނަކު އަޅުގަނޑުގެ ފިރިމީހާ ގެންގޮސްފިއެވެ." ޒުވާން ފިރިހެން ކުދިން ގިނައިން ބުނަނީ މިވެނި މުއްސަންޖަކު ނުވަތަ ބާރުގަދަ މީހަކު އޭނާގެ އަނބިމީހާ ޖަހައިގަނެގެން ގެންގޮސްފި ކަމަށެވެ.

މީސްތަކުންނޭވެ! އަނބިމީހާ ނުވަތަ ފިރިމީހާ ވަރިވާން އުޅޭއިރު އެކަން ނުވާނެ ގޮތެއް ފެނޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. އެމަސައްކަތް ކުރަނިކޮށް ވަރިވެއްޖެ ނަމަ އެއްވެސް އިތުރު މީހަކު ކުށްވެރިނުކުރާށެވެ. އަދި ވަރިވި މީހާ ނުވަތަ ވަރިކުރި މީހާވެސް ކުށްވެރި ނުކުރާށެވެ!

ހިތަށް އަރުވާށެވެ. "މިޙާލަތު މެދުވެރި ކުރެއްވެވީ މިކަމުގައި ދެމިހުރެއްޖެ ނަމަ ލިބިދާނެ އިތުރު އަނިޔާއެއްގެ ބޮޑުކަމުން އެކަމުން ސަލާމަތްކުރެއްވެވުމަށެވެ. ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކުރިއަށް އޮތީ މާ އުޖާލާ ދުވަސްތަކެކެވެ." އެއިރުން ވިސްނޭ ގޮތަ މުޅިން ތަފާތުވާނެއެވެ. އާބާރެއްލައި ދިރިއުޅެން ހިތްވަރުދެއްވަވާނެއެވެ. އަދި މާރަނގަޅު ބައިވެރިއަކުވެސް ދެއްވަވާނެއެވެ. އިން ޝާ ﷲ

ވީމާ ހިތުގައި ބިންވަޅުނަގަންވީ އަދިރި މާޒީއެއް ނޫނެވެ. ހިތްފިރާލަންވީ ދެން ދެއްވަވާނެ މާއުފާވެރި ދުވަސްތަކަށްކުރާ އުޖާލާ އުންމީދުތަކުންނެވެ. ހަމަޖެހިލައިގެން އުފާވެރިކަމުގައި ދިރިއުޅެވޭނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް