އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭ އެސްޓީއޯގެ "ސްމާޓް ސްޓޯރ"އިން 24 ގަޑިއިރު ހިދުމަތް ދޭންފަށައިފި

ހުޅުމާލޭ އެސްޓީއޯގެ "ސްމާޓް ސްޓޯރ"އިން 24 ގަޑިއިރު ހިދުމަތް ދޭންފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ހުޅުމާލޭ އެސްޓީއޯގެ "ސްމާޓް ސްޓޯރ"އިން 24 ގަޑިއިރު ހިދުމަތް ދޭންފަށައިފިއެވެ.

ހުޅުމާލެ އެސްޓީއޯ ސްމާޓް ސްޓޯރ ކުރިން ހުޅުވާފައި ހުންނަނީ ރޭގަނޑު 10:00 ޖަހަންދެނެވެ. ނަމަވެސް މިހާރު މި ފިހާރަ 24 ގަޑިއިރު ހުޅުވާފައި ހުންނަ ގޮތަށް ބަދަލުކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

މިކަމާގުޅިގެން އެސްޓީއޯއިން ބުނެފައިވަނި މި ފިހާރައަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. މި ފިހާރައިގައި ނިއު އެމާޖިންގ 2 ޓެކްނޮލޮޖީއެއް ވަނީ ބޭނުންކޮށްފައެވެ. އެއީ އާޓިފިޝަލް އިންޓަލިޖެންސްގެ ވިޝަންއާއި، އައިއޯޓީ ބޭނުންކޮށްގެން ފިހާރައިގައި ކޭޝިއަރަކު ނެތި ކަސްޓަމަރު ވަދެ ޓްރާންސެކްޝަން ނިންމާފައި ނިކުމެގެންދާ ޕްރޮސެސްއެވެ. އެހެންކަމުން އަވަސްކަމާއި ފަސޭހަކަމާއިއެކު ކަސްޓަމަރުން ބޭނުންވާ އެއްޗެއް ގަނެލެވޭނެއެވެ.

ފިހާރައަށް ވަދެވޭނީ ފޯނުން ކިއުއާރު ކޯޑު ސްކޭން ކޮށްގެންނެވެ. ކިއުއާރު ކޮންސެޕްޓް ބޭނުންކުރި ނަމަވެސް ފޭޝިއަލް ރިކޮގްނިޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. މިއެޕްލިކޭޝަން، އެޕް ސްޓޯރ އާއި ޕްލޭ ސްޓޯރއިން ޑައުންލޯޑްކުރެވޭނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު