އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް ހުރިހާ ރަށެއްގަ ހުޅުވަން އަންނަނީ މަސައްކަތް ކުރެވެމުން- ތަނަވަސްކަން ލިބިފައިވާ މީހުންގެ އެހީތެރިކަން ބޭނުން: ޑރ. ޝަހީމް

ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް ހުރިހާ ރަށެއްގަ ހުޅުވަން އަންނަނީ މަސައްކަތް ކުރެވެމުން- ތަނަވަސްކަން ލިބިފައިވާ މީހުންގެ އެހީތެރިކަން ބޭނުން: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ދެން މިއޮތީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒްގެ ވާހަކަ. ކީރިތި ޤުރުއާނާބެހޭ މަރުކަޒް، ޤުރުއާން ކްލާސްތައް ރަށްރަށުގަ ހުޅުވުމާއި މި ކަންކަމަކީވެސް މެނިފެސްޓޯގެ ތެރޭގަ ހަމަ ބަޔާން ވެފަ ހުރި ކަންތައްތައް. ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގަ އެ މަރުކަޒްގެ ފަރާތުން ވަރަށް ރަނގަޅަށް މަސެއްކަތް ކުރަމުން އެބަ ގެންދަވާ. ޤުރުއާން ކްލާސްތައް ކުޑަކުދިންނަށް އިތުރުކުރުމާއި އަދި ކުރިއަށް އޮތް ތަނުގަ ޤުރުއާން ކްލާސް އަތޮޅުތަކާއި ރަށްރަށުގަ ފެށުމާއި މި ހުރިހާ ކަމެއްވެސް ކުރިއަށް ދާނެ. މި ހުރިހާ ކަމެއްވެސް ގުޅިފަ މިއޮތީ މާލީ ކަންތައްތަކާ. މާލީ ގޮތުން އަންނަ ދަތިކަން  މި ހުރިހާ ކަމަކަށްވެސް ފޯރާނެ.  

އެހެންނަމަވެސް، އަޅުގަނޑު އެދެނީ ރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރިންވެސް ކިރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި މި ކަންކަމުގަ ވީހާވެސް ބޮޑަށް ހަމަ ސަޕޯރޓް ދެއްވުމަށް. އަމިއްލަ ގޮތުންވެސް ސަޕޯރޓް ދެއްވުމަށް. ސަރުކާރުގެ ފަރާތުން ދެވެން އޮތް އެންމެ މަތީ އެހީތެރިކަން މިދަނީ މި ދާއިރާތަކަށް ދެމުން.  

ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުގަ ކުރިގެ ދުވަސްވަރު ބޭއްވުނު އެކިއެކި ކޯސްތައް ހަދާފަ ސެޓްފިކެޓް ނުލިބި ތިބި ދަރިވަރުން އެބަތިބި ވަރަށް ބައިވަރު. ވަރަށް ބައިވަރު ދަރިވަރުން އެބަތިބި. އަޅުގަނޑުމެން މި އިންތިޚާބު ތެރޭގައިވެސް ރަށްރަށަށް ދިޔައިރުގަވެސް ވަރަށް ގިނަ ރަށްރަށުން ބައްދަލުކޮށް ވާހަކަ ދެއްކި އެމީހުންގެ ސެޓްފިކެޓްތައް، އެކި ކޯސްތައް ހަދާފަ ސެޓްފިކެޓްތައް ނުލިބި ހުރި ދަރިވަރުން، އެކުދިންނަށް ސެޓްފިކެޓްތައް ފޯރުކޮށްދިނުމަށްޓަކާ މިދަނީ މަސެއްކަތް ކުރަމުން.  

އެތާގަ ހުރި އިދާރީގޮތުން ނިޒާމީ ގޮތުން ހުރި ކަންކަން ހައްލުކޮށް އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ވާހަކަ ދެކެވިގެން އެއޮންނަ އެކަޑަމިކް ހަރުދަނާ އުސޫލުގެ ތެރެއިން ސެޓްފުކެޓްތައް އިރާދުކުރެއްވިއްޔާމު ދަރިވަރުންނަށް ފޯރުކޮށްދެވޭނެ. އެކަންކަން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ކުރިއަށް އެބަދޭ. މި ކަންކަމަކީ އަޅުގަނޑުމެންގެ ސަރުކާރު ހަވާލުވުމުގެ ކުރީގަ ހިނގާފަ ހުރި ކަންތައްތައް. އެކަން ރަނގަޅު މަގަށް ގެނެސް އެކުދިންނަށް ސެޓްފިކެޓްތައް ފޯރުކޮށްދިނުމަށް ކަމާބެހޭ ބޭފުޅުން މަސެއްކަތް ކުރައްވަމުން ގެންދަވާ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒްގެ ދަށުން ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތައް ކުރިއަށް ދާނެ. އެ ކްލާސްތަކަށް އަލުން ކުދިން ވަނުމަށް މިހަރު ވަނީ ހުޅުވާލައިފައި. ކޮންމެ ކުއްޖަކަށްވެސް އެތާގަ ކިޔެވުމުގެ ފުރުސަތު އޮންނާނެ އިރާދުކުރެއްވިއްޔާމު. 

- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު