އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހާރުވެސް ދުއިސައްކައަށްވުރެ ގިނަ ރިސާލަތު ޕްރޮގްރާމް ކުރިއަށް ގެންދެވިއްޖެ! މެދުކެނޑުމެއް ނެތި ޕްރޮގްރާމްތައް ކުރިއަށް ގެންދާނަން!: ޑރ. ޝަހީމް

މިހާރުވެސް ދުއިސައްކައަށްވުރެ ގިނަ ރިސާލަތު ޕްރޮގްރާމް ކުރިއަށް ގެންދެވިއްޖެ! މެދުކެނޑުމެއް ނެތި ޕްރޮގްރާމްތައް ކުރިއަށް ގެންދާނަން!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

އިސްލާމިކް މިނިސްޓްރީގެ އިސްލާމީ ދައުވަތުގެ ޕްރޮގްރާމް ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ޕްރޮގްރާމަކީ ރިސާލަތު ޕްރޮގްރާމް. ދަ މެސެޖް ނުވަތަ ރިސާލަތު. ވީޑިއޯގެ ޒަރިއްޔާއިންނާއި އަދި ދަރުސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރެވި ތަފާތު ގޮތަކަށް ގެންދެވޭ މި ޕްރޮގްރާމަށް ދިވެހި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތާއީދަކާ ވަރަށް ބޮޑު ސަޕޯޓެއް ލިބެމުންދޭ. ރަމަޟާންމަހުގެ ޕްރޮގްރާމް ތަކަށްޓަކައި މި ޕޮރޮގްރާމް މެދުކެނޑުމަށްފަހުގަ އަލުން ޗުއްޓީނިމި ސްކޫލްތައްވެސް ފެށުމާއެކުގަ އަލުން ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ.  

ގެންދެވޭއިރުގަ ހަމަ ކުރިންވެސް ގެންދިޔަގޮތަށް ވަރަށް ރަނގަޅަށް ޕްރޮގްރާމް ކުރިއަށް ގެންދެވޭނެ. ރިސާލަތު ޕްރޮގްރާމްގެ 200 އަށްވުރެ ގިނަ ޕްރޮގްރާމް މިހާރުވަނީ ކުރިއަށް ގެންދެވިފަ މިދިޔަ 5 މަސްދުހުގެ ތެރޭގަ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އިސްލާމް ދީނުގެ ރުކުންތަކަށް މީހުން ހޭލުންތެރިކަން އިތުރު ކުރުމުގެ މިފަދަ މަޝްރޫއަކަށް މިހާބޮޑު ތަރުޙީބެއް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަދިޔުން އެއީ ޙަޤީގަތުގަ ވަރަށްވެސް ބޮޑަށް އަޅުގަނޑު އުފާކުރާ ކަމެއް. އެހެންކަމުން ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.  

އަޅުގަނޑުމެންގެ މި ޕްރޮގްރާމަކީ ސްޓެޖިކް ޕްރޮގްރާމެއް. މާނައަކީ އިސްލާމް ދީނުގަ ރުކުންތަކަށް މުޅި ދިވެހި ޤައުމް ހޭލުންތެރިކަން އިތުރު ކުރުމަށްޓަކާ ގެންދެވޭ ވަރަށް ބޮޑު ޕްރޮގްރާމެއް މީ. ޝަހާދަތުގެ ދެކަލިމައަކީ ކޮބައިކަން؟ އެންމެންނަށްވެސް މީ އަޑުއިވޭ ވާހަކަތަކެއް. އެހެން ނަމަވެސް މީގެ ފުނަށް ދާއިރުގަ ކޮންމެ ޕްރޮގްރާމެއްގަވެސް ބައިވެރިން އެބަ ހާމަ ކުރޭ، ތިމަންނަމެން ވަރަށް އުފާވެޔޭ މި ޕްރޮގްރާމް ތަކާ ދޭތެރޭގަ. މި ޕްރޮގްރާމް ތަކުން އިނގުނު މައުލުމާތާ ދޭތެރޭގަ، ޝަހާދަތް ކިޔާ މީހަކު ޤަބޫލުކުރަން ޖެހޭ ޙަޤީގަތްތައް. އޭނަ ކުރަންޖެހޭ ކަންކަން. އޭނަ ނުކުރަންޖެހޭ ކަންތައްތައް. ޝަހާދަތުގެ ދެކަލިމައަކީ އަޅުގަނޑުމެންގެ ޙަޔާތަށް ކިހާ ބޮޑު އުޖާލާކަމެއް ގެނެސްދޭ ދެ ކަލިމައެއްކަން މީ.  

ޝަހާދަތުގެ ދެކަލިމައަކީ އަޅުގަނޑުމެންގެ އުޚުރަވީ ޙަޔާތަށް ކިހާވަރެއްގެ އުފާވެރިކަމެއް ، ކިހާވަރެއްގެ ކާމިޔާބަކާ ފަލާޙެއް އަޅުގަނޑުމެންނަށް ގެނެސްދޭ ކަމެއްކަން، ލަފްޒެއްކަން އެއީ، ކަލިމަ ފުޅަކީ ޝަހާދަތުގެ. އޭގެ މައްޗަށް ގެންދެވޭ ޕްރޮގްރާމް، އެއާ އެކުގަ ނަމާދުގެ ވާހަކަ، ޒަކާތުގެ ވާހަކަ، ޙައްޖުގެ ވާހަކަ އަދި ރޯދައިގެ ވާހަކަ. އަދި މި ކަންކަމާ ގުޅިގެން ދާގޮތަށް ޚުތުބާތައްވެސް ތަރުތީބު ކުރެވި އިޖްތިމާއީ ހަޔާތާއި ގުޅިގެން ކުރިއަށް ދާއިރުގަ މި 5 އަހަރު ﷲ އިރާދުކުރެއްވިއްޔާ ވެގެން ދާނީ އިސްލާމީ ގޮތުން ރާއްޖެއަށް ހެޔޮ ދުވަސްވަރެއްކަމުގަ އަޅުގަނޑު ދެކެނީ. އަދި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި އިސްލާމްދީނަށް ތައުހީނު ކުރުމާއި ދީނަށް ނޭދެވޭ ބަސްތައް ބުނުމާއި މިބާވަތުގެ ކަންކަމާއި ގުޅިގެން ސަރުކާރުން ދަނީ ހަރުދަނާ ފިޔަޅުތައް އަޅަމުން. އެއީ ވަރަށް ރަނަގަޅު ކަމެއް އެއީ. އެކަމަށްޓަކާ ކަމާބެހޭ އިދާރާތަކަށް އިސްލާމިކް މިނިސްޓްރީގެ ފާރާތުން އަޅުގަނޑުމެން ޝުކުރު ދަންނަވަން. 

- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު