އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިލާތަކުގެ ގުޅުން ބަދަހިވާންއޮތީ ދެމަފިރިން ﷲ ގެ ދީނަށް ޢަމަލުކުރިވަރަކުން- އެންމެ މުހިންމީ ވަފާތެރިކަމާ، އެކުގަ ވަޤުތުހޭދަކުރުން ގިނަކުރުމާ އެކުގަ ރޭއަޅުކަންކުރުން!

ޢާއިލާތަކުގެ ގުޅުން ބަދަހިވާންއޮތީ ދެމަފިރިން ﷲ ގެ ދީނަށް ޢަމަލުކުރިވަރަކުން- އެންމެ މުހިންމީ ވަފާތެރިކަމާ، އެކުގަ ވަޤުތުހޭދަކުރުން ގިނަކުރުމާ އެކުގަ ރޭއަޅުކަންކުރުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ޢާއިލީ ގުޅުން ބަދަހިކުރަން ކުރެވޭ ދުނިޔަވީ ކަންކަމަކީވެސް ފައިދާހުރި ކަންކަމެވެ. އެކަކު ހަދިޔާ ދިނުމާއި އުފާވެރިކަން ޙާޞިލުކުރަން މަސައްކަތްކުރުމަކީ ހަމަ ވަރަށް މުހިންމު ކަންކަމެވެ. އެހެންކަމާއިއެކުވެސް ވިސްނާލަންޖެހޭ ކަންކަން އެބަހުއްޓެވެ.  

ޢާއިލީ ގުޅުންވެސް އަދި އެހެން ގުޅުންތައްވެސް ބަދަހިވެ އުފާވެރިކަން ލިބެން އޮތީ ދެމަފިރިން އިސްލާމް ދީނަށް ޢަމަލުކުރިވަރަކުންނެވެ. އެގޮތުން އެކަކު އަނެކަކަށް ވަފާތެރިވުމާއި އަޅައިލުމާއި އެކުގައި ވާދަކުރުން ގިނަ ކުރުމަކީ މުހިންމު ކަންކަމެވެ. ހަމައެއާއިއެކު ދެމަފިރިން އެކުގައި ރޭއަޅުކަންކުރުމަކީ ކުރަން އޮތް އެންމެ މުހިނަމުކަންތަކެވެ.  

ސުނިޔަވީ ޙަޔާތުގައި އަބަދުވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ނަމަވެސް މިބުނެވުނު ކަންތައްތަކަށް ސަމާލުކަންދީގެން އެކަންކަން ކުރާނަމަ މައްސަލަތައް މަދުވާނެއެވެ. މައްސަލައެއް ޖެހުނަސް ޙައްލުކުރަންވެސް ފަސޭހަވާނެއެވެ. ސަބަބަކީ އެއިރުން އެބައެއްގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާ ކަމެވެ.  

މިހާރަކަށް އައިސް ފެންނަނީ ތަފާތު މަންޒަރުތަކެވެ. ގުޅުން ބަދަހިކުރަން ޢާއިލާއެކުގައި ކެއުމަކަށްދަނީއެވެ. ކައި ނިމިގެން އެނބުރި ގެއަށް އައުމަށްފަހު ފިރިމީހާއަށް ނުކުމެގެން ދެވެނީ އެހެންދިމާލަކަށެވެ. އަނބިމީހާ ގޭގައި އިނދެގެން ފޯނުން ކުރެވެނީ އެހެން މުޢާމަލާތްތަކެކެވެ. ނަތީޖާއަކަށްވަނީ ނިދަންވާއިރު ދެމަފިރިންގެ ދެމެދަށް ވަދެ ޝައިޠޯނާ އޭތީގެ ބާރު ހިންގަން ފުރުޞަތުދެވުމެވެ.  

މިބުނެލީ ވަރަށް ޢާދައިގެ މިޘާލެކެވެ. މިއަދުގެ ޢާންމު ދިރިއުޅުން ކުރިއަށް މިގެންދެވެނީ މިބުނެވުނު ކަންކަމަށް ވިސްނައިވެސް ނުލައެވެ. ޢާއިލީ ގުޅުމަށް ސަމާލުކަންވެސް ނުދެވޭ ގޮތަކަށެވެ. ކައިވެނިކުރުމަށްފަހު ދިރިއުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތާއިމެދު ވިސްނައިވެސް ނުލައެވެ.  

ޢާއިލީ ގުޅުން ބަދަހިކުރަން ތަފާތު ދުވަސްތައް ފާހަގަކޮށް ކޭކުފަޅައެވެ. ނަމަވެސް ފެނިގެންދަނީ ފަޅައިލެވޭ ކޮންމެ ފޮތްޗަކާއިއެކު ޢާއިލާގެ ގުޅުންވެސް ފަޅައިލެވޭތަނެވެ. މާނައަކީ ކޭކުފަޅާ ވަޤުތު ހިނިތުންވެގެން ތިބިނަމަވެސް ފަހުން ކުރެވޭ ކަންކަމުގެ ސަބަބުން އުފާވެރިކަން ގެއްލިގެންދާ ކަމެވެ.  

ﷲ ތަޢާލާއަށް އީމާންވެ، ކިޔަމަންތެރިވެ އަޅުކަންކުރުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭން އޮތީ ޢާއިލީ ގުޅުންތައް ބަދަހިކުރުމަށެވެ. ހަރުދަނާ މުޖުތަމަޢުއެއް ބިނާކުރެވޭނީ ޢާއިލީ ގުޅުންތައް ބަދަހިވީވަރަކުންނެވެ. ބަސްއަހާ ކިޔަމަންތެރި ﷲ ތަޢާލާއަށް ބިރުވެތިވާ ޖީލެއް އުފެއްދޭނީވެސް ޢާއިލީ ގުޅުން ބަދަހިކޮށް ދެމެހެއްޓިގެންނެވެ.  

މިވާހަކަތަކަކީ އެކިއެކި ޢޮިލްމުވެރިންގެ އަރިހުން މިއަދުނޫހުގައި ވަރަށް ގިނައިން ގެނެސްދެވޭ ވާހަކަތަކެކެވެ. 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު