އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުދިންގެ ހިތުގަ ﷲ އަށް ލޯބި ޖައްސުވަން ނިކަން މިމަގުން ޢަމަލުކޮށްބަލަ! ކާމިޔާބުވާނެ! އިން ޝާ ﷲ

ކުދިންގެ ހިތުގަ ﷲ އަށް ލޯބި ޖައްސުވަން ނިކަން މިމަގުން ޢަމަލުކޮށްބަލަ! ކާމިޔާބުވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ﷲ ތަޢަލާގެ މަގަށް ކުދިންގެ ހިތްތަކުގައި ލޯބި ޖައްސުވަން ލިބޭ އެންމެ ރަނގަޅު ފުރުޞަތަކީ ކުދިން ބޮޑުވަމުން އަންނައިރު އެކުދިންނާއިއެކު ކުޅެން އުޅެމުންނެވެ. ކުޅެން އުޅުމުގެ ތެރޭގައި ދިމާވާ ކުދިކުދި ކަންކަމާއިވެސް ﷲ ތަޢާލާ އާއި ގުޅުވައިލުމެވެ.

މިސާލަކަށް ކުޅެން ގެންގުޅެނިކޮށް ކުއްޖާ އެންމެ ލޯބިވާ އެއްޗެއް ހަލާކުވެދާނެއެވެ. ބުނާށެވެ. "ދަރިފުޅާއެވެ. ދެރަނުވާށެވެ! އެކަން އެ މެދުވެރިވީ ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންނެވެ. އިން ޝާ ﷲ ބައްޕަ ނުވަތަ މަންމަ ދަރިފުޅަށް އެހެން އެއްޗެއް ގަނެދޭނަމެވެ. ދަރިފުޅުވެސް ދުޢާކުރަންވާނެއެވެ. އިން ޝާ ﷲ. ﷲ ތަޢާލާ އެއިރުން މާރަނގަޅު އެއްޗެއް ދެއްވަވާނެތެވެ."

މިފަދަ ވާހަކަތައް ދައްކަންވާނީ ކުއްޖާގެ އުމުރާއި ގުޅޭގޮތުންނެވެ. އެންމެ ކުޑައިރުވެސް ﷲ ތަޢާލާގެ ވާހަކަތައް ދައްކަންވާނެއެވެ. ހުރިހާ ކަންކަން މިންވަރު ކުރައްވަވަނީ ﷲ ތަޢާލާކަން ވިސްނައިދޭން މަސައްކަތްކުރާށެވެ.

މިސާލަކަށް ކުޅޭ ސާމާނުތައް ކައިރީގައި އިށީނދެފައިވެސް އެހައި ގިނަ ކުޅޭ ތަކެތި ދެއްވެވީ ﷲ ތަޢާލާކަމަށް ބުނެލާށެވެ. ދެން އިތުރަށް މާގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް ކުއްޖާގެ ހިތުގައި ދާނީ އެބަސް ހަރުލަމުންނެވެ.

ބޮޑުވުމުން ނަމާދުކުރަން ބުނާއިރުވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ނަމާދުކުރުމުން ކަމަށްބުނާށެވެ. އަދި ބޭނުންވާ ކަންކަން އެންމެ ރަނގަޅު ގޮތުގައި ހިންމަވައި ދެއްވަވާނީ ނަމާދުކުރުމުން ކަމަށްވެސް ބުނާށެވެ.

މިފަދަ ކަންކަމަކީ އެންމެ ކުޑައިރުންސުރެ ކުއްޖާއަށް ދޭންޖެހޭ "ވެކްސިން" ފަދަ ކަންކަމެވެ. ނަމަވެސް މި "ވެކްސިން" ދިނުމަށް ގިނަ ބެލެނިވެރިން ދަނީ އިހްމާލްވަމުންނެވެ. އެންމެ މުހިންމު ވެކސްނަކީ މިއީ ކަމަށްވާއިރުވެސްމެއެވެ. އަހުރެންގެ ވިސްނުމުގައި މިބަޔާންކުރި ކަންކަމަކީ ބަލިތަކުން ދިފާޢުވާން ޖަހާ ވެކްސިނަށްވުރެވެސް މާމުހިންމު ވެކްސިނެކެވެ.

މީގެމާނައަކީ ބަލިތަކުން ދިފާޢުވާން ޖަހާ ވެކްސިންތައް ނުޖެހުމެއް ނޫނެވެ. އެވެކްސިންތައް ޖެހުމަށްވުރެވެސް ބޮޑަށް މިބަޔާންކުރި ފަދައިން ކުދިންނަށް ﷲ ތަޢާލާ އާއިމެދު ވިސްނައިދިނުމުގެ މުހިންމުކަން މާބޮޑުކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް