އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަލާއިކަތްބޭކަލުން

މަލާއިކަތްބޭކަލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 41 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

މަލާއިކަތުންނަކީ މާތްﷲ ނޫރުން ހައްދަވައިފައިވާ މަޚްލޫޤުންތަކެވެ. އަންހެން ފިރިހެންވަކި ޖިންސަކަށް ނިސްބަތްނުވާ ބައެކެވެ. ކެއިން ބުއިންފަދަ އެއްވެސް ހާޖަތަކަށް ބޭނުންވެވަޑައިނުގަންނަވާ ބައެކެވެ. މާތްﷲ ގެ އެންމެހައި އަމުރުފުޅުތަކަކަށާއި ނަހީފުޅުތަކަކަށް ފުރިހަމައަށް ކިޔަމަންތެރިވެވަޑައިގަންނަވާ ބައެކެވެ. މަލާއިކަތްބޭކަލުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ރުކުނެކެވެ. މަލާއިކަތްބޭކަލުންނަށް އީމާންނުވާ މީހާގެ އީމާންކަން ފުރިހަމަ ނުވާނެއެވެ. 

މަލާއިކަތުން ޚަލްޤުކުރެއްވުން:  

އަރަހުށި މާތްﷲ، މަލާއިކަތްބޭކަލުން ހައްދަވައިފައިވަނީ ކޮންއިރަކު ކަމެއް އަޅުގަނޑުމެންނަށް އެނގޭކަށްނެތެވެ. ނަމަވެސް އިންސާނުން ހެއްދެވުމުގެ ކުރީން މަލާއިކަތުން ހައްދަވައިފައިވާކަން ޤުރްއާނުގެ ނައްޞުން ސާބިތުވެއެވެ. އެހެނީ އާދަމުގެފާނުގެ ހައްދަވަން ޤަޞްދުކުރެއްވި ހިނދު، މާތްﷲ އެވާހަކަ މަލާއިކަތްބޭކަލުންނަށް އަންގަވައި އިއުލާން ކުރެއްވިއެވެ. މިވާހަކަ ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ﴿٣٠

މާނައީ: [ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.] 

މަލާއިކަތްބޭކަލުން ޚަލްޤުކުރައްވައިފައިވަނީ ނޫރުންކަން ޞައްޙަ ޙަދީޘުން ސާބިތުވެއެވެ. އުއްމުލް މުއުމިނީން  ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ.

" خُلِقَتِ الْمَلاَئِكَةُ مِنْ نُورٍ وَخُلِقَ الْجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُمْ "‏ {صحيح مسلم، كتاب الزهد والرقائق، باب فِي أَحَادِيثَ مُتَفَرِّقَةٍ، ޙަދީޘް ނަންބަރު 2996}

މާނައީ: [މަލާއިކަތުން ޚަލްޤުކުރެވިގެންވަނީ ނޫރުންނެވެ. އަދި ޖިންނީން ޚަލްޤުކުރެވިގެންވަނީ އަލިފާނުގެ ހުޅުގަނޑުންނެވެ. އަދި އާދަމުގެފާނު ޚަލްޤުކުރެވިގެންވަނީ ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވާފައިވާ ފަދައިން (މަށިން) ނެވެ.]

 

Advertisement

ކޮމެންޓް ކުރެއްވުމަށް