އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް ދުޢާކުރުމަށްފަހު ތިމާ ކުރި ދުޢާ ޢިޖާބަކޮށްދެއްވެވުން އެދި މިފަދަ މޭރުމަކުން ދުޢާކުރަންވާނެ!: މުފްތީ މެންކް

ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް ދުޢާކުރުމަށްފަހު ތިމާ ކުރި ދުޢާ ޢިޖާބަކޮށްދެއްވެވުން އެދި މިފަދަ މޭރުމަކުން ދުޢާކުރަންވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

މުސްލިމުންނަކީ އަބަދުވެސް ގިނަގިނައިން ދުޢާކުރަންޖެހޭ ބައެކެވެ. ވީމާ ގިނަގިނައިން ދުޢާކުރާށެވެ! ކުރާ ކޮންމެ ދުޢާއެއް ޢިޖާބަ ކުރެއްވެވުން އެދިވެސް ދުޢާކުރާށެވެ! ދުޢާކުރާއިރު ތިމާގެ ހުރި ނިކަމެތިކަން ޤަބޫލުކޮށް އެކަން ބަޔާންކޮށް ދަންނަވައިވެސް ދުޢާކުރާށެވެ!  

މިސާލަކަށް: 

"ޔާ ﷲ! އެންމެހައި މަތިވެރިކަމެއްވަނީ އިނބަ ﷲ ގެ ޙަޟްރަތަށެވެ. އިނބަ ﷲ ގެ މަގުގައި ސާބިތުވެ ވީހައި ގިނަ އަޅުކަން ކުރުމުގެ ތައުފީޤް މިންވަރުކޮށްދެއްވަވާނދޭވެ! އަދި އަޅަމެން ކުރާ އަޅުކަން ޤަބޫލުފުޅުކޮށް ދެއްވަވާނދޭވެ! ޔާ ﷲ! އަޅަމެންނާއި އިނބަ ﷲ އާއި ކުއްތަންވެވުން އިތުރުކޮށް ދެއްވަވާނދޭވެ! އާމީން. އަޅަމެން ކުރާ ދުޢާ ޢިޖާބަކޮށްދެއްވަވާނދޭވެ! އާމީން!"  

ކޮންމެ ދުވަހެއް ނިމިގެންދާއިރުވެސް އަޅުކަންކުރުމުގައި އެދުވަހަކު ޙާޞިލުކުރެވެން އޮތް އެންމެ ބޮޑު މިންވަރެއް ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އިޚްލާޞްތެރި އަޅުންނަށް ވަނީ އުފާވެރިކަމުގެ ޚަބަރުކަން ކީރިތި ޤުރްއާނުން އެނގެން އޮތްކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ!  

- މުފްތީ މެންކުނެ ނަޞޭޙަތުގެ ބަސްކޮޅެއް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް