އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާއިން ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފި

މީރާއިން ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

މީރާއިން ޢިފްތިތާހުކުރި "ގުޅިގެން މީރާ" އިނީޝިއޭޓިވްގެ ދަށުން، އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ކުރެހުން ހުށަހަޅަން ޖެހޭ މައުޟޫއަކީ 'ޤައުމު ބިނާކުރުމުގައި ދައުލަތައް ނަގާ ޓެކުހުގެ ދައުރު' މި މައުޟޫއެވެ. މި މައުޟޫއަށް ކުރަހާ ކުރެހުންތަކުގައި، ޤައުމު ބިނާކުރުމުގައި މީރާ އާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ދައްކުވައިދެވިދާނެއެވެ. 

މީރާއިން މަޢުލޫމާތުދޭ ގޮތުގައި، މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 (ތިން) އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރާއި 15 އަހަރާ ދެމެދު، 16 އަހަރާއި 18 އަހަރާ ދެމެދު އަދި 18 އަހަރުން މަތީގެ ފަރާތްތަކެވެ. މިއިން ކޮންމެ އުމުރުފުރާއަކުން 1 ވަނަ، ދެވަނަ އަދި 3 ވަނަ އަށް ދާ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައިވެއެވެ.

·       1 ވަނަ - 5000 ރުފިޔާ

·       2 ވަނަ – 3500 ރުފިޔާ

·       3 ވަނަ – 2000 ރުފިޔާ

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރެހުންތައް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 31 އޮކްޓޫބަރު 2024 އެވެ. ކުރެހުންތައް މީރާގެ މައި އޮފީހަށް ނުވަތަ އަތޮޅުތެރޭގައި ޤާއިމުކުރެވިފައިވާ މީރާގެ ބްރާންޗް އޮފީސްތަކާއި ކަލެކްޝަން ސެންޓަރުތަކަށް ހުށަހެޅޭނެއެވެ. އަދި 'ޑިޖިޓަލް އަރޓް' ހުށަހަޅާ ފަރާތްތަކުން [email protected] އަށް އީމެއިލްކުރެވޭނެއެވެ.

މީރާއިން ހުޅުވާލައިފައިވާ މި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމަށް މީރާއިން އިލްތިމާސްކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު