އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ބޮޑެތި ޓެކްސް ދައްކާ 43 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ބޮޑެތި ޓެކްސް ދައްކާ 43 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2023 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައިފައިނުވާ 43 ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ ނަން މިއަދު ހާމަކޮށްފިއެވެ.

މި ނަންތައް ހާމަކޮށްފައިވަނީ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުންނެވެ.

މީރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ގިންތިކޮށްފައިވަނީ އަހަރެއްގެ ތެރޭގައި އެފަރާތެއްގެ ޖުމްލަ އާމްދަނީ 200 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކާއި އެފަރާތްތަކާ ގުޅުންހުރި ފަރާތްތަކެވެ.

2023 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 30 ޖޫން 2024 ކަމަށް މީރާއިން ފާހަގަކޮށްފައިވެއެވެ.

މީރާއިން އިތުރަށް ހާމަކުރިގޮތުގައި، ނަން ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އީމެއިލް، އެސްއެމްއެސް އަދި ފޯނުގެ ޒަރީއާއިން މުޢާމަލާތްކޮށް، ޓެކްސް ބަޔާން ހުށަނާޅައި އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ހަނދާންކޮށްދީ، އެ އިލްތިޒާމްތައް އަދާކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެއިތުރުން، ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އިތުރު ފިޔަވަޅުތައް އެޅުމަށް ކަނޑައަޅައިފައިވާކަން ވެސް މީރާއިން ފާހަގަކޮށްފައިވެއެވެ.

މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ޓެކްސް ދެއްކުމުގެ ޒިންމާ އަދާކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމާއި، ޓެކްސް ދެއްކުމުގެ ނިޒާމަށް ބޯލަނބާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުން ކަމަށް މީރާއިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު