އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) ގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާގުޅިގެން ބީއެމްއެލްއިން ކުރި އިޢުލާނުގައި ބުނެފައިވަނީ މިމަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމާއި އަދި މިމަޤާމަށް ކުރިމަތިލެވޭނީ ބޭންކިން ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ، އަދި ސީނިއާ މެނޭޖްމެންޓުގައި 5 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކައް ކަމަށެވެ.

3 އަހަރުގެ މުއްދަތައް އައްޔަނު ކުރާ މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ބޭންކިން ނުވަތަ ފައިނޭންސުން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އިޢުލާނުގައިވަނީ ބުނެފައެވެ.

ބީއެމްއެލްގެ ސީއީއޯގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ކާލްސް ސްޓުމްކަ މި މަހުގެ 9 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު