އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު
ބޮންއަޅައި ދޭ ޙަމަލާއަކުން މަރުވުމުން ނުވަތަ ބަޑިޖަހާ މަރާލުމުން ލިބޭ ދެރައަށްވުރެ ޝައިޠޯނާގެ ސަބަބުން މަގުފުރެދިގެން ދިއުމުން ލިބޭ ދެރަ މާބޮޑެވެ. ދުނިޔެ ބަދަލުވަމުން މިދަނީ ޝައިޠޯނާގެ ކިއްލާއަކަށެވެ. ވީމާ މަގުފުރޭ މީހުންގެ ޢަދަދު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ހަމައެޢާއިއެކު މާލީ ގޮތުން ދަތޙާލުގައި އުޅެންޖެހުމާއި ހިތްދަތިޙާލުގައި އުޅެންޖެހޭ މީހުންގެ ޢަދަދުވެސް މިއަންނަނީ ގިނަވަމުންނެވެ. އެކަންކަމަށް ކެތްތެރި ނުވެވިގެން ޝައިޠޯނާގެ މަގަށް ހެއްލެވޭ މީހުންގެ ޢަދަދުވެސް މިއަންނަނީ ގިނަވަމުންނެވެ.
އެންމެ ބޮޑު އެއް ދެރައަކީ ތިމާއަށް މިކުރެވޭ ކަންތަކުގެ ސަބަބުން ފާފަވެރިވާނެކަން ނުވިސްނި ފާފަކުރެވޭ މީހުންގެ ޢަދަދުވެސް މިއަންނަނީ ގިނަވަމުންނެވެ. މިފަދަ ހުރިހާ ކަމަކުން ސަބަބުން ސަލާމަތްވެ ތިބުމަށްޓަކައި މިދުޢާ ކޮންމެ ދުވަހަކުވެސް ކުރަމުން ގެންދާށެވެ. ޝައިޠޯނާގެ ކިބައިން އެމީހަކު ސަލާމަތް ކުރައްވަވާނެތެވެ. އެމީހަކަށް ތެދުމަގު ދައްކަވާނެތެވެ. އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا
" އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!"
(އަލް ކަހްފް: 10)
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން
Advertisement
5 އޮކްޓޯބަރ 2024