އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާފުނުކުރާނަމަ ދެމަފިރިންގެވެސް އެއްވެސް މީހެއްގެ ވެސް ދިރިއުޅުން ހަމައެއް ނުޖެހޭނެ!: ޝައިޚް ޝާފިޢު

މާފުނުކުރާނަމަ ދެމަފިރިންގެވެސް އެއްވެސް މީހެއްގެ ވެސް ދިރިއުޅުން ހަމައެއް ނުޖެހޭނެ!: ޝައިޚް ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

މާފުކުރުމާއި ނުލައި އެއްވެސް މީހެއްގެ ޙަޔާތް މުސްތަޤިއްރެއް ނުވާނެއެވެ. ހަމައެއް ނުޖެހޭނެއެވެ.

މިސާލަކަށް ބުނާނަމަ މާފުކުރުމާއި ނުލައި އެއްވެސް ދެމަފިރިއެއްގެ ޙަޔާތް ހަމަޖެހިގެން ކުރިއަކަށް ނުދާނެއެވެ. " ހަމަމައިންބަފައިންނާއި ދަރިންނާއި ދެމެދުގައި އޮންނަ ގުޅުން ކުރިއަކަށް ނުދާނެ މާފުކުރުމާއި ނުލައެއް. މާފުކުރުމާ ނުލާ މުޖުތަމައުގަ އެއްބައަކު އަނެއް ބައަކާ އޮންނަ ގުޅުމެއްވެސް ކުރިއަކަށް ނުދާނެ. އަދި ވެރިންނާ ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ފުޅުން ވެސް ކުރިއަކަށް ނުދާނެ މާފުކުރުމަކާ ނުލާ!"

އެހެނީ މާފުކުރުމާއި ނުލައި ކޮންމެ މީހަކު އެމީހެއްގެ (އެމީހަކަށް ލިބެން ޖެހޭ ހުރިހާ ޙައްޤުތަކެއް ހޯދަން ފަށައިފިނަމަ މުޅި މުޖުތަމައުގައި އޮންނާނީ ދެކޮޅުވެރިކަމާއި ޢަދާވާތްތެރިކަން އުފެދިފައެވެ. އެއްބައަކު އަނެއް ބައަކާއި އަނގައިން ނުބުނެ ގުޅުން ކަނޑާފައެވެ.

ވީމާ މާފުކުރުމަކީ މުޖުތަމައުއަށް ވަރަށް މުހިންމު ކަމެކެވެ. މާފުކުރުމާއި ނުލައި ފަރުދީ ފެންވަރުގައި ވެސް ޢާއިލީ ފެންވަރުގައިވެސް އަދި މުޖުތަމައުގެ ފެންވަރުގައިވެސް އެއްވެސް ފަރުދަކަށްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.

--ޝައިޚް މުޙައްމަދު ޝާފިޢު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް