އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަލިޙާލެއްގަ އުޅެންޖެހުމަކީ އެމީހަކަށް ލައްވަވާ ވަރަށް ބޮޑު ރަޙްމަތެއްކަން ޙަދީޘުން-

ބަލިޙާލެއްގަ އުޅެންޖެހުމަކީ އެމީހަކަށް ލައްވަވާ ވަރަށް ބޮޑު ރަޙްމަތެއްކަން ޙަދީޘުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ބަލިޙާލުގަ އުޅެންޖެހުމުން މާޔޫސްވެ ޝަކުވާ ކުރެވޭ މީހަކަށް އެކަން ނުކުރަން ވިސްނައިދޭން ކުރެވިދާނެ ކަމާއިމެދު ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ވިސްނައިލުން އެންމެ މުހިންމު ކަންތަކެވެ.

ކޮންމެ ބައްޔެއްވެސް އަދި ހިތްދަތިކަންވެސް ކުރިމަތިކުރައްވަވަނީ ހަމަ ﷲ ތަޢާލާއެވެ. އެއިންވެސް އެއްވެސް ކަމެއްގެ މައްޗަކަށް އެއްވެސް ބާރެއް ނުހިނގައެވެ. ނުވެސް ހިންގޭނެއެވެ.

މިއީ ވަރަށް ފުންކޮށް ވިސްނައިލަން ޖެހޭނެ ކަމެކެވެ. އެންމެހައި ބަލިމަޑުކަން ދުނިޔެއަށް ފޮނުއްވަވަނީ މީސްތަކުންވެސް ދުނިޔެއަށް ފޮނުއްވެވި ﷲ ތަޢާލާއެވެ. އެއްވެސް ޙާލެއްގައި ބަލިމަޑުކަމަކީ އަދި ހިތްދަތިވާންޖެހޭ ޙާލަތެއް ކުރިމަތިވުމަކީ އަނިޔާއެއް ނޫނެވެ.

Aisha reported: The Messenger of Allah, peace and blessings be upon him, said,

“No believer is pricked by a thorn or more but that Allah will raise him one degree in status or erase a sin.”

Source: Ṣaḥīḥ al-Bukhārī 5640, Ṣaḥīḥ Muslim 2572

 

Grade: Mutaffaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim

މިޙަދީޘްފުޅުން އެނގިގެންދަނީ ގަޔަށް ކަށްޓެއް ހެރިގެން ނަމަވެސް ވޭނެއް އަޅައިފިނަމަ އެމީހާގެ ދަރަޖަ މަތިވެރިކުރައްވަވާ ކަމެވެ. އަދި އޭނާގެ ފާފައެއް ފުއްސަވައި ދެއްވަވާ ކަމެވެ.

މުސްލިމުންނަށް އެއީ އިމްތިޙާނެކެވެ! ރަޙްމަތެކެވެ. އުފުލަންޖެހޭ ކޮންމެ ވޭނެއްގެ ސަބަބުން އެމީހަކަށް ކުރެވިފައިވާ އެތައް ބައިވަރު ފާފަތަކެއް ފުއްސަވައި ދެއްވަވާތީއެވެ!

ދުނިޔެއަށް ﷲ ތަޢާލާ ފޮނުއްވެވި އެންމެ މަތިވެރި އެންމެ މާތް އިންސާނަކީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު (ﷺ) އެވެ. އެތައް ބަލިތަކާއި ވޭންތައް ތަޙައްމަލުކުރައްވަވަން ޖެހިވަޑައިގެންނެވިއެވެ. ދުނިޔެ ދޫކުރައްވަވަވައި ސުވަރުގެވަޑައިގަތީވެސް އެހައިމެ ގަދަ އާލާސްކަންފުޅުގައި އުޅުއްވަވަމުންނެވެ.

ވީމާ ބަލިމަޑުކަމެއް، ވޭނެއް އިޙްޞާޞްކުރަން ޖެހުމުން ﷲ ތަޢާލާއަށް ރައްދުކޮށް ނުބައި ބަސްތައް ބުނުމަކީ ބުއްދި ސަލާމަތުން ހުރި މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ! ބަލިމަޑުކަމާއި މުޞިބާތްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެއެވެ! ނަމަވެސް އެންމެ ގިނައިން ކުރން އޮތް ދުޢާއަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅެއްގެ ގޮތުގައި ފުރާނަ ނުގެންދެވުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް