އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ އިތުރުކަން ބޮޑީ އެއްވެސް ދަތިކަމެއް މެދުވެރިނުވެ ތައުބާވާ މީހުންނެވެ!: މުފްތީ މެންކް

އެންމެ އިތުރުކަން ބޮޑީ އެއްވެސް ދަތިކަމެއް މެދުވެރިނުވެ ތައުބާވާ މީހުންނެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

ތައުބާވުމަކީ އެންމެ މަތިވެރި އަމަލެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވަނީ ތައުބާވާ މީހުންދެކެއެވެ. އެހެންކަމާއިއެކުވެސް އަހަރެންގެ ހޯދުންތަކުން އެނގުނު ގޮތުގައި އެންމެ މަތިވެރިކަން ބޮޑީ އެއްވެސް ދަތިކަމެއް އެމީހަކަށް މެދުވެރިނުވެ ހުރިހާ ކަންކަމެއް ފުރިހަމަވެހުރެ ތައުބާވާ މީހާއެވެ.

ގިނަ މީހުންނަށް ﷲ ތައާލާގެ މަތިން ހަނދާން ވަނީވެސް ކޮންމެވެސް މުޞިބާތެއް ޖެހުމުންނެވެ. ކޮންމެވެސް ޒާތެއްގެ ދަތި އުނދަގޫތަކެއް އިޙްޞާޞްކުރަން ޖެހުމުންނެވެ. ބޮޑު ބައްޔެއްގެ ޝިކާރައަކަށްވުމުންނެވެ. ނުވަތަ ހާޞިލުކުރަން އުޅޭ ކޮންމެވެސް ކަމެއް ޙާޞިލު ނުކުރެވުމުންނެވެ. އެހެން އިބާރާތަކުން ބުނާ ނަމަ ހަތަރު އުދަރެސް ފެނު ޖެހި ގޮތް ހުސްވުމުންނެވެ.

މިފަދަ ހާލުގައި ތައުބާވާ މީހުންނަށްޓަކައިވެސް އުފާކުރަން ޖެހެއެވެ. ސަބަބަކީ އެމީހުންނަށް ކުރިމަތިވި މުޞީބާތްތަކަކީ ﷲ ތަޢާލާގެ "ހަދިޔާ" އަކަށްވެސް ވެދާނެއެވެ. އެއީ އެމުޞީބާތެއްގެ ސަބަބުން ނަމަވެސް އެމީހުން ތައުބާ ވުމަށް މެދުވެރި ކުރެއްވެވި ސަބަބަކަށްވެސް ވެދާނެ ކަމަށްޓަކައެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

އެހާލަތުގައިވެސް ތައުބާވުމަކީ ހަމަ ކުރަން އެންމެ މިހުންމު ކަންތަކެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ތައުބާވާ ހިސާބުން އެމީހެއްގެ ކުރީގެ ވާހަކަތައް ދައްކައި އުޅުމެއްވެސް ނެތެވެ. އޮތީ އެމީހަކަށްޓަކައި ހެޔޮ ދުޢާ ކުރުމެވެ.

ހަމައެއާއިއެކު މަދުން ނަމަވެސް ހުރިހައި ކަންކަން ފުރިހަމަވެތިބެ ތައުބާވާ މީހުން އެބަ އުޅެއެވެ. ފައިސާގެ ތަނަވަސްކަމާއި ގެދޮރުގެ ތަނަވަސްކަމާއި ރަނގަޅު ޞިއްޙަތުގައި ތިބެ ތައުބާވާ މީހުން އެބައުޅެއެވެ. މާނައަކީ ދުނިޔެއިން ލިބެންހުރި ހުރިހާ ނިޢްމަތްތަކެއް ފުރިހަމަވެތިބެ ތައުބާވާ މީހުންވެސް އުޅޭ ކަމެވެ.

އެފަދަ މީހުން ތައުބާ އެވަނީ ދުނިޔެއިން އެއްވެސް ކަމަކަށް އެދިގެނެއް ނޫނެވެ. ހަމަ އެކަނި އާޚިރަތުގެ ބޭނުމުގައެވެ. ﷲ ތަޢާލާއަށް ބިރުވެތިވެގެންނެވެ. ﷲ ތައާލާގެ ރުއްސެވުން އެދިގެންނެވެ. އެފަދަ މީހުންގެ މަތިވެރިކަން ބޮޑު ކަމަށް މިބުނަނީ އެ ސަބަބުތަކަށްޓަކައެވެ.

ވިސްނަންވީ ޙާލަތަކަށް ނޫނެވެ. ތައުބާވުމަށެވެ. ކޮންމެ ޙާލަތެއްގައިވެސް ތައުބާ ވުމަށެވެ. އެންމެ ފަހު ވަގުތުވެސް ތައުބާވުމަށެވެ. އޮތް އެންމެ ބޮޑު ބިރަކީ ތައުބާ ނުވެވި ހުއްޓައި މަރާއި ކުރިމަތިލާން ޖެހިދާނެ ކަމެވެ. އެއަށްވުރެ ބޮޑު ހިތާމައެއް ނުވަތަ ދެރަކަމެއް އެއްވެސް މީހަކަށް ނިލިބޭނެތީއެވެ.

މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް