އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޒުވާނާ ޤަބޫލުކުރަނީ އުނދުންރޯކުރަނިކޮށް ގައިގަ ހުޅުހިފީ ފަތިސްނަމާދު ނުކުރީތީ ކަމަށެވެ!

އެޒުވާނާ ޤަބޫލުކުރަނީ އުނދުންރޯކުރަނިކޮށް ގައިގަ ހުޅުހިފީ ފަތިސްނަމާދު ނުކުރީތީ ކަމަށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 9 ސިކުންތު

ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވެނީ ފަތިސްނަމާދަށެވެ. އަމިއްލައަށް ނުހޭލެވޭތަނުގައި ގޮވިނަމަވެސް ހޭލެވެނީ މަދުމީހަކަށެވެ. ފަތިސްނަމާދަށް ބައިވެރިޔާ ހޭލެއްވުމަކީ އަނބިމިހާއަށްވެސް އަދި ފިރިމީހާއަށްވެސް ކުރަންޖެހޭނެ ކަމެކެވެ. 

ތިރީގައިވާ ލިޔުމުގައި ދެބައެއް ހިމެނިފައިވާނެއެވެ. ފުރަތަމަ ބައަކީ ބައިވެރިޔާ ފަތިސްނަމާދަށް ހޭލައްވަން ޢަމަލުކުރަން ޙަދީޘްފުޅުގައި އޮތް ގޮތެވެ. ދެވަނައަކީ ފަތިސް ނަމާދުނުކުރަން މަސައްކަތްކުރި ޒުވާނެއްގެ ގައިގައި ހުޅުހިފިވާހަކައެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ! 

"އަޅުގަނޑުމެންގެ ކައިވެންޏަށް 4 އަހަރު ފުރިއްޖެއެވެ. މަދުރެއަކު ނޫނީ ފިރިމިހާއަށް ފަތިސްނަމާދަށް ގޮވަމެވެ. ގިނަ ރެރޭ ގޮވަނީވެސް ޖަމާއަތަށް ދެވޭހައި ވަޤުތުވެސް ލައިގެންނެވެ. ނަމަވެސް ފިރިމީހާ ފަތިސް ނަމާދުކުރަނީ ވަރަށް މަދު ރެއަކު އެވެ. 

މިހާރަކަށް އައިސް ކުރާ ކަމަކީ ގޮވާއިރު ގައިގަ ކޮއްޓާލަން ކައިރިވެއްޖެނަމަ ބަނޑުކޮޅުގަ ކޮޅުފައިން ޖަހަނީއެވެ. އަޅުގަނޑު ފިރިމިހާއަށް ގޮވަނީ ކޮޅަށް ހުރެއެވެ. އެއީ އަޅުގަނޑު އަޅުކަމުގައި ހޭދަކުރާ ވަގުތުކަމަށްވުމުންނެވެ. 

ސުވާލެއް ކުރަން މިޖެހެނީ މިހާރު އަޅުގަނޑު ބަނޑު ބޮޑެވެ. ކައިރިވާތަނުން ބަނޑުކޮޅުގައި ޖަހައިފިއްޔާ ބަނޑުގައި އޮތް ކުޑަ ދަރިފުޅަށް އަނިޔާވެ ދަރިފުޅު ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން ދެން ކަންތައް ކުރަންވީ ގޮތެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ. 

ކިޔުންތެރިޔާއަށް ﷲ ތަޢާލާ ހެޔޮ ރަހްމަތް ލައްވަވައި ބަރަކާތްތެރިކަން މިންވަރުކުރައްވަވާށި! ހެޔޮލަފާ ތަޤްވާވެރި ދަރިއަކުވެސް ދެއްވަވާށި! 

How would you react, if your spouse did sprinkle water on you to aid you catch fajr?

Sunan of Abu-Dawood Hadith 1303 Narrated by Abu Hurayrah
The Prophet (saws) said: May Allah have mercy on a man who gets up at night and prays, and awakens his wife; if she refuses, he should sprinkle water on her face. May Allah have mercy on a woman who gets up at night and prays, and awakens her husband; if he refuses, she would sprinkle water on his face.

Sometimes I struggle to wake up for fajr and end up getting my covers ripped off me so a little water in my face is no biggie. He should try to wake you normally but if that fails then he is just looking out for your best interest by sprinkling some water on your face.

މިބަޔާންކުރި ޙަދީޘްފުޅުގައި އެވަނީ ނިދީން ހޭލެއްވުމަށްޓަކައި އަނބިމިހާގެ ނުވަތަ ފިރިމީހާގެ މޫނަށް ފެން ބުރުއްސުމަށެވެ. މިޒަމާނުގައި ފެން ބުރުއްސާ ކުރާ، ފުޅި ފަދަ ތަކެތި އެބަހުރެއެވެ. ވީމާ އަތާފައި ނުފޯރުވޭނެ ދުރުމިނުގައި ހުރެގެން މޫނަށް ފެންބުރުއްސިދާނެއެވެ! 

ދެން ފަތިސް ނަމާދަށް އިހްމާލުވުމުން ގައިގައި އަލިފާން ހިފިމީހެއްގެ މިވާހަކަވެސް

ފިރިމިހާއަށް ކިޔައިދޭށެވެ! 

މިއީ ފަތިސް ނަމާދަށް އިހްމާލްވި ޒުވާނެއްގެ ގައިގައި އަލިފާން ހިފި ހާދިސާއެއްގެ ވާހަކައެވެ. އޭނާގެ އަމިއްލަ އަތުން ލިޔެ އޭނާގެ ފޭސްބުކުގައި ހާމަކޮށްފައިވާ ވާހަކައެކެވެ. ޢިބްރަތް ޙާޞިލުކުރާށެވެ! 

"ފަތިސް ނަމާދަށް ބަންގި ގޮވިއިރުވެސް އަހަރެން އޮތީ ޓިވީ ބަލާށެވެ! ބައްޕަ އައިސް ބަންގިގޮވައިފި ކަމަށާއި ނަމާދުކުރަން ބުނުމުން ވެސް އިޖާބައެއް ނުދެމެވެ. ބައްޕަ ކުރިމަތީގައި ޓީވީ ނިއްވައިލީމެވެ. ނަމަވެސް ބައްޕަ ނުކުމެގެން ދިއުމުން ކޮޓަރި ތަޅުލާފައި ޓީވީގެ އަޑު ކަނޑާލައިގެން އަހަރެން އޮތީ ނިދާށެވެ! 

ހޭލެވުނީ ހެނދުނު  9 ވެސް ޖެހިފަހުންނެވެ. ހޭލެވުމުން ފާޚާނާއަށް ވަދެ ވުޟޫކޮށްގެން ފަތިސް ނަމާދު ޤަޟާކުރަން ބޭނުންވިއެވެ. ނމަވެސް އެވަގުތު ޝައިޠޯނާ އަހަރެންނަށް ވިސްނައިދިނީ މިވަގުތު އަދި ނަމާދު ނުކުރިނަމަވެސް އެންމެ ރަނގަޅުވާނެ ކަމަށެވެ. ފަހުން މެންދުރު ވަގުތާއި ގާތްވުމުން ދެ ނަމާދު އެކުގައި ކޮށްލި ނަމަވެސް ރނގަޅުވާނެ ކަމަށެވެ. އެ ވަސްވާސްތަކަށް ޢިޖާބަ ދެވުނެވެ. 

މޫނު ދޮވެލައިގެން ބަދިގެއަށް ވަދެ ސައިބޫން ބިސްގަނޑެއް އަޅަން އުނދުން ރޯކޮށްލިތަނާ އުނދުނުގައި ހުޅުހިފިއެވެ. އަހަރެންގެ ޓީޝާޓުގައިވެސް އަލިފާން ހިފިއެވެ. ދުވެފައި ގޮސް ފާޚާނާއަށް ވަނީމެވެ. ހޭންޑްޝަވަރުން ޕްރެޝަރުގަ ފެންޖަހަން ފެށީމެވެ. 

އެވަގުތު އަހަރެންނަށް ވިސްނުނެވެ. މިލިބުނީ ނަމާދު ނުކުރުމުގެ ޢަޛާބެވެ! ބައްޕަގެ ބަހަށް އިޖާބަ ނުދެވުނު ކަމުގެ ޢަޛާބެވެ! ބައްޕް ބުނުމުން ޢިޖާބަދީ ނަމާދުކުރުމުގެ ބަދަލުގައި ނަމާދާއި ޣާފިލުވެވުނު ކަމުގެ ޢަޛާބެވެ! 

އެއިގެ ފަހުން ދުވަހަކުވެސް އެންމެ ނަމާދަކަށްވެސް އިހްމާލެއް ނުވަމެވެ! ވަގުތުވުމުން ނަމާދުނުކޮށް އެހެން އެއްވެސް ކަމެއް ނުކުރަމެވެ. ކޮންމެ ގޮތަކުން ނަމަވެސް ފަތިސްނަމާދުވެސް ކުރަމެވެ. އަދި އެންމެ ރެއަކުވެސް ނުނިދައި ޓީވީ ބަލާކަށް ނުއޮންނަމެވެ. ފަތިސް ނަމާދަށް ނުހޭލެވިދާނެކަމުގެ ބިރަށެވެ!" 

މިއީ އެ ޒުވާނާގެ ވާހަކައެވެ! ނަމާދަށް އިހްމާލުވުމުން މިދުނިޔޭގައި ކޮންމެ މީހަކަށް މިފަދަ ޙާދިސާއެއް ކުރިމަތިނުވެދާނެއެވެ! މިދުނިޔޭގައި ކޮންމެ މީހެއްގެ ގައިގައި އަލިފާން ނުހިފައިފާނެއެވެ. ނަމަވެސް ކުރިއަށް އޮތީ ނަރަކައިގެ އަލިފާނުން ސަލާމަތް ނުވެވިދާނެ ދުވަސްކަމަށް ބަލައި ބިރުވެތިވާށެވެ! މީހުންނަށް ކުރިމަތިވާ މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް