އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތްފައިގައި ޗޭނުޖެހި ނަރަކައާއި ދިމާއަށް ލަވަމުން ގެންދެވޭނެ މީހަކު ކަމުގައި ނުވަމާ؟

އަތްފައިގައި ޗޭނުޖެހި ނަރަކައާއި ދިމާއަށް ލަވަމުން ގެންދެވޭނެ މީހަކު ކަމުގައި ނުވަމާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

((مَنْ تَعَلَّمَ عِلْمًا يُبْتَغَى بِهِ وَجْهُ اللَّهِ لَا يَتَعَلَّمُهُ إِلَّا لِيُصِيبَ به عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرَفَ الْجَنَّةِ يَوْم الْقِيَامَة))1

މާނައީ: މީހަކު ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން އުނގެނެންޖެހޭ ޢިލްމެއް އޭނަ އުނގެނުނީ ދުނިޔޭގެ ބޭނުންތަކުގެ ތެރެއިން ބޭނުމެއް ފުއްދަން ފިޔަވައި އެހެން ކަމެއް ކަމުގައި ނުވާނަމަ އޭނަޔަށް ސުވަރުގޭގެ ވަސްވެސް ޤިޔާމަތްދުވަހުން ނުލިބޭނެތެވެ.” 

އެގޮތުން ސުވަރުގެއަށް ދިޔުމަށްޓަކައި އަޅުގަނޑުމެން ދުނިޔޭގައި ހެޔޮ މަގު އިޚްތިޔާރު ކުރަން ޖެހެއެވެ. އަދި ނަރަކައިން ސަލާމަތްވުމަށް މަސައްކަތް ކުރަން ޖެހެއެވެ. 

ކީރިތި ޤުރްއާނާއި ސުންނަތުގައި ނަރަކައިގެ ވާހަކަ ބަޔާން ކޮށްދެއްވާފައިވެއެވެ. ނަރަކަ އަކީ ﷲ ތަޢާލާ އެކަލާނގެއަށް ކާފަރުވާ އަޅުންނަސް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. ނަރަކައަކީ ދާއިމަށް ދެމިއޮންނާނެ ތަނެކެވެ. 

ﷲ ތަޢާލާ ޒުމަރު ސޫރަތުގެ 15 ވަނަ އާޔަތުގައި ވަޙީ ކުރައްްފާވައިވެއެވެ. 

((قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ))

މާނައީ:”ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ ޤިޔާމަތް ދުވަހުން އެއުރެންގެ އަމިއްލަ ނަފްސުތަކާއި، އެއުރެންގެ އަހުލުވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.” 

އަދިވެސް ޒުމަރު ސޫރަތުގެ 71 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

(وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَتْلُونَ عَلَيْكُمْ آيَاتِ رَبِّكُمْ وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ قَالُوا بَلَىٰ وَلَـٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ)

މާނައީ:“އަދި ކާފިރުވި މީހުން ބައިބަޔަށް ނަރަކަޔާދިމާއަށް ލަވައި ގެންދަވާނެތެވެ. އެއުރެންނަށް ނަރަކައިގެ ކައިރިޔަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާނެތެވެ. އަދި އެ ނަރަކައިގެ ބަނޑޭރިން، އެއުރެންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އާޔަތްތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާނޭ، އަދި ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނޭކަމުގެ އިންޛާރު ކުރައްވާނޭ ރަސޫލުން ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންގެ ގާތަކަށް ވަޑައެއްނުގަނޭ ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. (ވަޑައިގަތެވެ.) އެހެނެއްކަމަކު، ޢަޛާބުގެ ބަސްފުޅު ކާފިރުންގެ މައްޗަށް ޙައްޤު ވެއްޖެއެވެ.”

 

Advertisement

ކޮމެންޓް ކުރެއްވުމަށް