އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް "އެމްޕީއެސް އިމަޖެންސީ ޕްރިޕެއާޑްނަސް" ވޯކްޝޮޕް ފަށައިފި

ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް "އެމްޕީއެސް އިމަޖެންސީ ޕްރިޕެއާޑްނަސް" ވޯކްޝޮޕް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން "އެމްޕީއެސް އިމަޖެންސީ ޕްރިޕެއާޑްނަސް ރެސްޕޮންސް އެންޑް ރިކަވަރީ ޑިވޮލޮޕްމަންޓް ވަރކްޝޮޕް" މިއަދު ފަށައިފިއެވެ. މި ވޯކްޝޮޕަކީ ޔުނައިޓެޑް ކިންގްޑަމް އިންޓެގްރޭޓެޑް ސެކިއުރިޓީ ފަންޑުގެ އެހީތެރިކަމާއެކު މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

އިސްކަންދަރު ކޮށި މަލްޓިޕަރޕަސް ހޯލްގައި ކުރިއަށްދާ މި ވޯކްޝޮޕްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް އަދި ޓެކްނިކަލް ލެވެލްގެ އޮފިސަރުންގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، މާލެ ސިޓީ ކައުންސިލް އަދި މޯލްޑިވްސް ޓުއަރިސްޓް އައިލެންޑް އެސޯސިއޭޝަންގެ ގުޅުންހުރި ދާއިރާތަކުގެ އިސްފަރާތްތައް ބައިވެރިވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި އިންޓަރނޭޝަނަލް އިންޓެގްރޭޓެޑް އިމަޖެންސީ މެނޭޖްމަންޓް (އައިއީއެމް) ގެ އުސޫލުތަކާއި ޔޫކޭ ނެޝަނަލް ޑިސިޝަން މޮޑެލް (އެންޑީއެމް) އާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފެންބޮޑުވުމުގެ ބޮޑެތި ހާދިސާތަކާއި، އަލިފާނުގެ ބޮޑެތި ހާދިސާތަކާއި، ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކާ ގުޅޭ ސިމިއުލޭޝަން ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި މި ވޯކްޝޮޕްގެ ސަބަބުން ކުއްލި ހާދިސާތަކުގައި އެކި އިދާރާތަކުން ގުޅިގެން މަސައްކަތްކުރުމުގެުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ ތައްޔާރީ ހާލަތު އިތުރުކޮށް، ކުއްލި ހާދިސާތަކުގައި އަވަސް އަދި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު