އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު
ހިޔާ ޓަވަރުގައި ދިވެހި ޒުވާނެއް ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކުރެވުނު 12 މީހުންގެ ތެރެއިން 9 މީހުން ވަނީ 7 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ. އަދި އަނެއް 3 މީހުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.
5 ދުވަހުގެ މުއްދަތަށް ބަންދުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ގދ. ވާދޫ، ވެހި، އަލްމާން ޢަލީ ޚާލިދު (22އ)، މ. ހަތިކަނޑު، މުހައްމަދު އިޒްކާން (18އ)، އަދި ކ. ގުރައިދޫ، ޒުނައިޓްވިލާ، އިޒާން އަހުމަދު (18އ) އެވެ.
7 ދުވަހުގެ މުއްދަތަށް ބަންދުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ށ. ފޯކައިދޫ، ދަންމަރު، އަހުމަދު ޒާހިދު (36އ)، ލ. މާވަށް، ޖަމީލާ މަންޒިލް، އާދަމް ހުސެއިން (48އ)، ލ. އިސްދޫ، ހިޔާލީ ގުލްޝަން، އިބްރާޙިމް ނަޝީދު (34އ)، ބ. ގޮއިދޫ، ނައިޓްސްޓަރ، އަހުމަދު ސަމީހު (22އ)، ވ. ގާމާ، އިސްމާޢިލް ވިޝާމް މުހައްމަދު (29އ)، ގދ. ވާދޫ، ޗިޗަންޑާގެ، ވިޝާމް މުހައްމަދު (23އ)، ހުޅުމާލެ، ހިޔާ 14-17-3، ވިސާން މުހައްމަދު (30އ)، ގ.ދ ވާދީ، ޖަނަވަރީގެ، މުސްތާގު ޝާކިރު (37އ)، އަދި މ. ކޮޅުފުށި، އާރެސް، ހަސަން ގާލިބް (38އ) އެވެ.
ފުލުހުން ފާހަގަކުރެއްވި ގޮތުގައި، ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި 18 އަހަރުން 48 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުން ހިމެނެއެވެ. އަދި އެމީހުންގެ ތެރޭގައި މާލެ އާއި އެކި އަތޮޅުތަކުގެ މީހުން ހިމެނެއެވެ.
Advertisement
9 ނޮވެމްބަރ 2024