އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާމިޔާތޮޅިއާ ބާމިޔާތޮޅި ފެން- ހަށިގަނޑަށް އެތައް ފައިދާތަކެއް!

ބާމިޔާތޮޅިއާ ބާމިޔާތޮޅި ފެން- ހަށިގަނޑަށް އެތައް ފައިދާތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 48 ސިކުންތު

އުންމު ނަވާރު

 

ބާމިޔާ ތޮޅިން ސިއްހީ އެތައް ފައިދާތަކެއް ފޯރުކޮށްދޭކަމަށް ދިރާސާތަކުން ދައްކާފައިވެއެވެ. އެގޮތުން ހަކުރު ބައްޔަށްށާއި ބަރުދަށް ލުއިކުރުމަށްށާއި އަދި ހަޖަމަކުރުން ފަސޭހަކޮށް ދިނުން ފާހަގަކޮށްލެވެއެވެ. ބާމިޔާ ތޮޅިއަށް އާންމުކޮށް އިގިރޭސިން ކިޔަނީ ލޭޑީސް ފިންގަރއެވެ. އަދި އޮކްރާވެސް ކިޔައި އުޅެއެވެ.  

ތާރީޚުން އެގެން އޮތް ގޮތުގައި ކުރީގައި މީހުން އާންމުކޮށް ބާމިޔާ ތޮޅި ބޭނުންކޮށްފައިވަނީ ކާނާއެއްގެ ގޮތުގައާއި ކާހިތް ކެނޑުމުން ކާހިތްވުވުން އިތުރުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އަދި އެސްޓްރިންޖަންޓެއްގެ (ހަންގަނޑު ވަރުގަދަކޮށްދިނުމަށް ބޭނުން ކުރާ އެއްޗެއް) ގޮތުގައާއި ތަފާތު އެހެނިހެން ބޭނުންތަކަށެވެ.   

މިފަހުން ބާމިޔާ ތޮޅި ބޭނުންކުރުމަށް އެންމެ މަގުބޫލު އެއް ގޮތަކީ ބާމިޔާ ތޮޅި ފެންނަށް އަޅައިގެން އެ ފެން ބުއިމެވެ. ބައެއް ދިރާސާތަކުން ބާމިޔާ ތޮޅިން ހަށިގަނޑަށް ފައިދާ ކުރުވާ ކަމަށް ދައްކައެވެ. ނަމަވެސް ބާމިޔާ ތޮޅީގެ ފެނުން ހަށިގަނޑަށް ގެނުވާ ބަދަލުތަކާއި ބެހޭގޮތުން މާގިނަ ދިރާސާތަކެއް ކުރެވިފައި ނެތްކަށް ފާހަގަކޮށްލަމެވެ.

ބާމިޔާ ތޮޅި ފެނުން ލޭގައި ހަކުރު ހުންނަ މިންވަރަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން ހެދިފައިވާ ދިރާސާތައް މަދު ނަމަވެސް ހަކުރު ބަލީގެ ފަރުވާގައި ބާމިޔާ ތޮޅި ބޭނުންކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.  

ދާދި ފަހުން ޓައިޕް 2 ހަކުރު ބަލި ހުންނަ މީހުން ބާމިޔާ ތޮޅި ބޭނުންކުރުމުން ހަށިގަނޑަށް ގެނުވާ ބަދަލުތަކާއި ބެހޭގޮތުން ދިރާސާއެއް ކުރެވިފައިވެއެވެ. 60 ބައިވެރިންގެ ގްރޫޕަކުން 8 ހަފުތާ ވަންދެން ކޮންމެ ދުވަހަކު ހަ ގަޑިއިރުން ހަ ގަނޑިއިރުން1000  މިލިގްރާމްގެ ބާމިޔާ ތޮޅި ހޯލް ފްރުޓް އޯރަލް ކެޕްސޫލް ނަގާފައިވެ އެވެ. ސައިންސްވެރިން ވަނީ ވަކި ކޮންޓްރޯލް ގްރޫޕަކަށް ޕްލެސީބޯ ޑޯޒެއް ދީފަ އެވެ. ބާމިޔާ ކެޕްސޫލް ލިބުނު ގުރޫޕުން ފާސްޓިން ބްލަޑް ޝުގަރ، ބްލަޑް ޝުގަރ އަދި ހިމޮގްލޮބިން އޭ1ސީ ލެވެލް ދަށްވެފައިވާ ކަން ފާހަގަކުރެވުނެވެ. މިކަހަލަ ދިރާސާތަކުގެ ސަބަބުން ބާމިޔާ ތޮޅީގެ ފެނުން ހަކުރު ދަށްކޮށްދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުލުރެއެވެ. ނަމަވެސް މިކަމަށް ތާއީދު ކުރުމަށް ހެދިފައިވާ ދިރާސާތައް މަދުކަން ފާހަގަކޮށްލެވެއެވެ. ހަކުރު ދަށްކުރުމަށް ބާމިޔާ ތޮޅީގެ ފެން ކެއުމުގައި ހިމަނާލުމުގެ ކުރިން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދާލުމަކީ މުހިއްމުކަމެކެވެ. 

ބާމިޔާ ތޮޅީގައި ބަރުދަން ލުއިކުރުމަށް އެހީތެރިވުމާއި ގުޅިފައިވާ ގިނަ ކޮމްޕައުންޑްތަކެއް ކަމަށްވާ ޑައިޓްރީ ފައިބަރ، ޕްރޮޓީންގެ ސަބަބުން ބަނޑު ފުރިފައިވާ ކަމުގެ އިހްސާސްކޮށް ދީފާނެއެވެ. ވަރަށް ގިނަފަހަރު ބަރުދަށް ލުއި ކުރުމަށްޓަކައި ބާމިޔާ ތޮޅީގެ ފެން ބޮއި ހަދައެވެ. މިފެން ބުއިމުން ބަރުދަށް ލުއި ކޮށްދޭކަށް އަންގައިދޭ ދިރާސާއެއް ކުރެވިފައެއްނެތެވެ. ނަމަވެސް މި ފެން ބުއިމުން ހަށިގަނޑުގެ ހައިޑްރޭޝަން އިތުރުކޮށްދެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ވަރުގަދަކޮށްދީ، ބަރުދަން ލުއިކުރުމަށް ބާރުއަޅައެވެ.

ބާމިޔާ ތޮޅީގެ ފެނުން ހަޖަމު ކުރުމުގެ ނިޒާމަށް ފައިދާ ކުރުވައެވެ. މި ތޮޅީގައި ސޯލުބަލް ފައިބަރ އެކުލެވެއެވެ. ބަމިޔާ ތޮޅި ފެނާއި އެއްކޮށްގެން ބުއިމުން ފަސޭހައިން ހަޖަމްކޮށްދޭކަމަށް ދައްކައެވެ. 

އެއްވެސް ކަހަލަ ބައްޔަކަށް ބާމިޔާ ތޮޅި ބޭނުން ކުރަން ފެށުމުގެ ކުރިން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދާލަން ވާނެއެވެ.  

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެހެން ލިޔުމަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.

މަސްދަރު

Chelsea Rae Bourgeois, RDN,LD, 5 May 2024, Health Benefits of Okra Water, health.com

 

 

 

   

Advertisement

ކޮމެންޓް ކުރެއްވުމަށް