އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޕާ ސިލޯން އިން އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އިނާޔަތްތަކެއް!

ސްޕާ ސިލޯން އިން އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އިނާޔަތްތަކެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

 

ދުނިޔޭގެ އެންމެ ބޮޑު އާޔުރްވެދާ ވެލްނެސް ބްރޭންޑް ކަމަށްވާ ސްޕާ ސިލޯން ކްލަބް ޕްރިމިއާ ޕާޓްނަރެއްގެ އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއަރ އާޢި ގުޅިއްޖެއެވެ.

މި ޕާޓްނަޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ސްޕާ ސިލޯނުގައި އެކްސްކްލޫސިވް ފައިދާތަކެއް ލިބި، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ލުއިކަމުގެ ތަޖުރިބާތައް އިތުރުކުރެވޭނެ އެވެ.

މި ޕާޓްނަރޝިޕަކީ އުރީދޫގެ އެންމެ ހާއްސް ކަސްޓާމަރުން ކަމަށްވާ ކްލަބް ޕްރިމިއާ މެންބަރުންނަށް ތަފާތު އަގުހުރި ޕްރިމިއަމް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕާޓްނަރޝިޕެކެވެ. ސްޕާ ސިލޯންގެ މަޝްހޫރު އާޔުރްވެދިކް އަދި ވެލްނެސް ޕްރޮޑަކްޓްތަކާ އެކު، ރާއްޖޭގައި އަލަށް ހުޅުވި ސްޕާ ސިލޯން އައުޓްލެޓުން މިހާރު މެމްބަރުންނަށް ޕްރޮޑަކްޓްތަކާ ގުޅޭ ހާއްސަ އޮފާތަކެއް ލިބޭނެ އެވެ. މިގޮތުން އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓާމަރުންގެ ތެރެއިން ގޯލްޑް މެމްބަރުންނަށް 10% އަދި ޕްލެޓިނަމް ކަސްޓަމަރުންނަށް 15% ޑިސްކައުންޓް ލިބިގެންދާނެއެވެ.

މިއަދު އުރީދޫ ހެޑްކުއާޓާސް ގައި ބޭއްވުނު ރަސްމިއަޔާތުގައި ހާއްސް ޕްރޮމޯޝަނެއްވެސް ވަނީ އުރީދޫއިން އިއުލާނުކޮށްފައެވެ. ގޯ ޕްލޭ މާކެޓް 25 ޑިސެމްބަރ 2024 ގެ ކުރިން އެކްޓިވޭޓް ކޮށްގެން 10 ފަރާތަކަށް ސްޕާ ސިލޯން އިން ޑިސްކައުންޓް ވައުޗަރ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި 1000ރ އަދި 500ރ ގެ ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ގޯޕްލޭ މާކެޓާކީ ހިލޭ ބޭނުންކުރެވޭ އޯޓީތީ ޕްލެޓްފޯމެކެވެ. ގޯޕްލޭ މާކެޓް އެކްޓިވޭޓް ކުރުމަށް:

https://ore.do/goplaymarketmv  .

ލަގްޒަރީ އާޔުރްވެދާ ގެ ތަޖުރިބާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ސްޕާ ސިލޯން އަކީ ސްރީލަންކާގެ ޒަމާންވީ ފަރުވާގެ އާދަކާދަތަކާއި އެންމެ މޮޅު މާއްދާތަކާއި ޒަމާނީ ދުޅަހެޔޮކަމުގެ އާދަތަކަށް ބައްޓަންކޮށް އެކި ޕްރަޑަކްޓްތައް އުފައްދާފައިވާ ބްރޭންޑެކެވެ. މި ޕާޓްނަރޝިޕާއެކު ކްލަބް ޕްރިމިއާގެ މެންބަރުންނަށް އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.. 

އުރީދޫ ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓާކައި ފަރުމާކޮށްފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. ކްލަބް ޕްރިމިއާ މެދުވެރިކޮށް މެންބަރުންނަށް ހާއްސަ އިނާޔަތްތަކާއި ޑިސްކައުންޓްތަކާއި ޕްރިމިއަމް ލައިފްސްޓައިލް ގެ ތަޖުރިބާތައް ލިބެ އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު