އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ 5G އާބާދީގެ 80% އަށް ލިބޭ ގޮތަށް ފުޅާކޮށްފި

އުރީދޫ 5G އާބާދީގެ 80% އަށް ލިބޭ ގޮތަށް ފުޅާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯކް ފުޅާކުރުމާއެކު ޑިޖިޓަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާރު ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް އުރީދޫ 5ޖީ ވަނީ ފޯރާފައެވެ.

މި ކާމިޔާބީއާއެކު އުރީދޫ 5ޖީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކަށް ވެ، ހަލުއި އިންޓަނެޓް ސްޕީޑާއިއެކު ކުރިއަށްވުރެ ގިނަ ބަޔަކަށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މިއާއެކު، އުރީދޫ 5ޖީ މިހާރު މީހުން އުޅޭ 79 ރަށަށް، 8 ރިސޯޓަށް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި 225 5ޖީ ސައިޓު ބެހެއްޓިފައިވާނެއެވެ.

އުރީދޫ މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީއާއެކު ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކޮށްދިނުމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ޕްރޮވައިޑަރުގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ތަޖުރިބާތައް އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނާ ގުޅާލުން. އުރީދޫ 5ޖީ އާބާދީގެ 80 އިންސައްތައަށް ފުޅާވެގެން ދިއުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ގެނެސް، ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެއްކެކެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު