އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިން މުސްކުޅިވެ ބަލިކަށިވީމާ އެއީ އެއްވެސް ބޭނުމެއް ނުހިފޭނެ ބައެއް ކަމަށް ހީވެސްނުކުރާށެވެ! ދަރިންނަށް އެންމެ ފައިދާހުރި ކަންތައް އަބަދުވެސް ކޮށްދެވޭނެ! ދަރިންނަށް އޮތީ ލިބިގަތުން!

މައިންބަފައިން މުސްކުޅިވެ ބަލިކަށިވީމާ އެއީ އެއްވެސް ބޭނުމެއް ނުހިފޭނެ ބައެއް ކަމަށް ހީވެސްނުކުރާށެވެ! ދަރިންނަށް އެންމެ ފައިދާހުރި ކަންތައް އަބަދުވެސް ކޮށްދެވޭނެ! ދަރިންނަށް އޮތީ ލިބިގަތުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

މިހާރަކަށް އައިސް މައިންބަފައިން މުސްކުޅިވުމުން ނުވަތަ ބަލިކަށިވުމުން އެމީހުންނާއިމެދު ބައެއް ދަރިން ކަންކަން ކުރަނީ ވަރަށް ނިކަމެތިކޮށެވެ. އެމީހުންނަށް ސަމާލުކަން ނުދޭތަނުގައި އެމީހުން ބެލުމަކީ ބޮޑު ތަކްލީފެއް ކަމުގައިވެސް އެބަ ދެކެއެވެ.

މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެމީހުންގެ ގައިގައި ބާރުހުރިއިރު އެމީހުން ތިމާއަށް ކޮށްދިން ކަންތައްތަކުގެ މަތިން އަބަދުވެސް ހަނދާންކުރަންވާނެއެވެ. ޝުކުރުވެރިވާންވާނެއެވެ.

ދެން މިބުނަނީ އެންމެ މުހިންމު ވާހަކަކޮޅެވެ. މައިންބަފައިން ކިތަންމެ މުސްކުޅިވިޔަސް އަދި ކިތަންމެ ބަލިކަށިވިޔަސް ދަރިންނަށް އެންމެ ފައިދާހުރި ކަންތައް ކޮށްދެވޭނެއެވެ. އެއީ ދަރިންނަށް ހަމަ އެންމެ ފައިދާކުރާނެ ކަންތަކެވެ. އެއީ ދަރިންނަށްޓަކައި އެމީހުން ކުރާ ހެޔޮދުޢާއެވެ. އެއިގެ އަގު މިލިއަނުންވެސް ވަޒަން ނުކުރެވޭނެއެވެ.

ވީމާ މައިންބަފައިން މުސްކުޅިވިޔަސް، ގައިބާރުދެރަވިޔަސް، އަދި ތަންމަތިވިޔަސް އެއީ އެއްވެސް ފައިދާއެއް ތިމާއަށް ނުކުރާނެ ބައެއް ކަމަށް ނުދެކޭށެވެ. އެމީހުން ދިރިތިބިހައި ހިނދަކު ތިބާއަށް އެންމެ ފައިދާހުރި ކަންތައް އަބަދުވެސް ކޮށްދެވޭނެއެވެ.

ވީމާ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި އިހްމާލްނުވާށެވެ! އެމީހުން ބެލުމަކީ ބުރައެއް ކަމަށް ނުދެކޭށެވެ! އެމީހުންގެ ކިބައިން އަބަދުވެސް ހެޔޮދުޢާ ލިބެމުންދާނެ ގޮތަށް ޢަމަލުތައް ބަހައްޓާށެވެ! އެކަމުގެ ސަބަބުން ތިބާއަށް ލައްވަވާނެ ރަޙްމަތް ވަޒަންކުރަންވެސް ނުއެނގޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން ތިރީގައިވާ ލިޔުންކޮޅުވެސް ވިދާޅުވެލައްވާށެވެ! "އަހުރެން ސްކޫލްގައި ކިޔަވަންއުޅުނުއިރު ކާޑެއްގައި ލިޔެފައި މޭގައި އެޅުވިއެވެ." "ދަރިފުޅަށް ޕައިލެޓަކަށް ވެވުނީމާ ކަލޭގެ (ދަރިފުޅު ދުއްވާ) ފްލައިޓުގަ މަންމަ މައްކާއަށް ގެންދައްޗެވެ!" "މިއަދު އަހަރެން ދުއްވާ ފަލައިޓުގައި މައްކާއަށް ދަތުރުކުރާ އެކަކީ އަހަރެންގެ މަންމައެވެ." ލޮބުވެތި މައިންނޭވެ! ދަރިންނަށްޓަކައި ހެޔޮދުޢާކުރާށެވެ! ދުޢާ އާއި އެއްގޮތަށް ތަރުބިއްޔަތުކުރަންވެސް މަސައްކަތްކުރާށެވެ! ލޮބުވެތި ދަރިންނޭވެ! މައިންގެ ބަސް އަހައި މައިންނަށް ކަމޭ ހިތައި ހެޔޮކޮށްހިތާށެވެ! ދެދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް