އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރިތިބި ބައަކު މިރޭ މީސްތަކުންނަށް ގުޅައި މެސެޖްކުރަންޖެހޭނީ ތިމާ މަރުވެގެން ނޫންކަން އެނގެނީ ކާކަށް ހެއްޔެވެ؟

ދިރިތިބި ބައަކު މިރޭ މީސްތަކުންނަށް ގުޅައި މެސެޖްކުރަންޖެހޭނީ ތިމާ މަރުވެގެން ނޫންކަން އެނގެނީ ކާކަށް ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު

ކުއްލިމަރުތައް ގިނަވަނީއެވެ. ހަމަޖެހިލައިގެން ކާރު ނުވަތަ ސައިކަލްގައި ދަނިކޮށް އެކްސިޑެންޓަވަނީއެވެ. ހަމަޖެހިލައިގެން ސޯފާގައި ޓީވީ ބަލަން އިންދާ ނުވަތަ ނުވަތަ އެނދުގައި އޮއްވާ ހާޓްއެޓޭކެއް ނޫނީ ސްޓްރޯކެއް ޖެހި މަރުވަނީއެވެ. ކޯމާއަކަށްދަނީއެވެ. ކޯމާގައި ހޭނާރާ އޮވެ މަރުވަނީއެވެ. މިފަދަ ކޮންމެ ޙާލަތަކަށް ބެލިނަމަވެސް އެންމެ ކުޑަމިނުން މަރުމަތީގައި ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔާލަންވެސް ލިބެނީ ވަރަށް މަދު މީހަކަށެވެ،  

ދަންވަރު ފޯނު ވެއްޖެ ނަމަ ކޮންމެ މީހަކުވެސް ފޯނު ނަގާނީ ބިރުން ހުރެއެވެ. އެވަގުތު ޢާންމު ގޮތެއްގައި ލިބޭނީ އުފާވެރި ޚަބަރެއް ނޫންކަމަށް ޤަބޫލުކުރެވޭތީއެވެ. ގިނައިން ލިބޭނީ ކޮންމެވެސް މުޞީބާތެއްގެ ޚަބަރެވެ. ވަރަށް ގާތް ކޮންމެވެސް މީހަކު މަރުވުން ފަދަ ޚަބަރެކެވެ.  

މިރޭ އެގަޑީގައި މީސްތަކުންނަށް ގުޅައި މެސެޖްކުރަން ޖެހޭނީ އަހަރެން ނުވަތަ ތިބާ މަރުވެގެން ނޫންކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ މިބުނީ ހަމަ މިޘާލެކެވެ. އެފަދަ ގޮތަކަށް މަރުވެއްޖެ ނަމަ އެއިގެ ފަހުން ފޯނަށް އަންނަ އެއްވެސް ކޯލަކަށް ޖަވާބުދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޖަވާބުދޭންޖެހޭނީވެސް ކޮންމެވެސް އެހެން މީހެކެވެ.

މަރަކީ އެންމެ ގާތުގައި އޮތް ކަންތައް ކަމަށް ޤަބޫލުނުކުރެވޭނަމަ އެމީހަކަށް ހުރެވޭނީ ވަރަށް ބޮޑު ޣާފިލުކަމެއްގެ ތެރޭގައެވެ. ތިމާގެ އުމުރުގައި އަދި ވަރަށް ގިނަ ދުވަސްތައް އެބައޮތްކަމަށް ޤަބޫލުކުރެވޭ މީހާމަރުދެކެ ބިރެއް ނުގަނެވޭނެއެވެ. މަރުދެކެ ބިރުނުގަނެވޭ މީހަކަށް އާޚިރަތް ހޯދުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ.  

ވީމާ ކޮންމެ މީހަކުވެސް ބަލަންވީ ވީހައި ގިނަ ހެޔޮ އަމަލުކުރުމަށެވެ. ހެޔޮ ޢަމަލުތައް ކުރުމަކީ ހަމައެކަނި ވާހަކަ ދެއްކުން ކަމުގައި ހަދައިގެނެއް ނުފުދޭނެއެވެ. ހެޔޮ ޢަމަލު ކުރިކަމަށްވާނީ އަމަލުން އެކަން ކުރުމުންނެވެ. ހަމައެކަނި ބުނާ ބަހަކުން ނުފުދޭނެއެވެ.   

ޔަޤީންކުރަންވީ ކަމަކީ ހެޔޮ ބަސް ބުނެ ހެޔޮ ޢަމަލުކުރަމުން އެހެން މީހުން ލައްވައި ހެޔޮ ޢަމަލުތައް ކުރުވަން މަސައްކަތްކުރެވޭނަމަ ހަމަކަށަވަރުން އެކަމުގެ ފައިދާ ވަރަށް ބޮޑަށް އެމީހަކަށް ލިބިގެންދާނެކަމެވެ. އާޚިރަތް ކާމިޔާބުވުމަށް މަގުފަހިވެގެންދާނެ ކަމެވެ. އިން ޝާ ﷲ  

ވީމާ އަހުރެންގެ ނަޞޭޙަތަކީ ކޮންމެ މީހަކުވެސް އެންމެ ކުޑަމިނުން ނަމާދުކުރާ މީހަކަށްވާށެވެ! އަދި އެހެން މީހުންލައްވައި ނަމާދުކުރުވަން މަސައްކަތްކުރާ މީހަކަށްވާށެވެ. އެކަމަށް ކުރަން އޮތް ކަމަކީ ތިމާ ނަމާދުކޮށް ނަމޫނާ ދެއްކުމާއި އެހެންމީހުންނަށް ނަމާދުކުރަން ހަނދާންކޮށްދިނުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް