އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު
ބަރަކާތްތެރި ރަމަޟާން މަސް ވަރަށް ކައިރިވެފައި އޮތުމުން މިހުޅުވާލަނީ ރަމަޟާންމަހަށް ޚާއްޞަ ފުރުޞަތެކެވެ. އަންހެނުން ގޭގައި ތިބެ އަޅުކަންކުރަން ގިނަ ވަޤުތު ހޭދަކުރާއިރުވެސް ފިރިހެނުން މިސްކިތުގައި ގިނައިރު ތިބޭއިރުވެސް ލެގިލައިގެން އިނދެވޭނެ މުސައްލައެއް ހަމަ ހިލޭ ހޯއްދެވުމުގެ ފުރުޞަތެކެވެ. ކޮށްލަދެއްވަން އޮތް ކަމަކީ ތިރީގައިވާ ސުވާލަށް ޖަވާބެއް ފޭސްބުކްގައި ދެއްވުމެވެ.
މިއަދުގެ ސުވާލު:
މެންދުރުނަމާދުގެ ކުރިން ކުރަން އޮތީ ރަވާތިބް ސުންނަތުގެ ކިތައް ރަކްޢަތް؟
އެހީ:
ރަވާތިބް ސުންނަތުގެ 12 ރަކްޢަތުގެ ތެރެއިން މެންދުރުނަމާދުގެ ކުރިން ކުރަން އޮތީ 4 ރަކްޢަތެވެ. އެކަނި ކުރިނަމަވެސް ނަމާދަށް ފެށުމުގެ ކުރިން 4 ރަކްޢަތް ކުރަން އާދަކުރާށެވެ! މިސްކިތުގެ ޖަމާޢަތަށް ދާނަމަ ޖަމަޢަތް ފެށުމުގެ ކުރިން 4 ރަކްޢަތް ކުރެވޭނެ ވަރަށް ވަޤުތުލައިގެން ދިއުމަށް ސަމާލުކަންދޭންވާނެއެވެ.
1- އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ.
2- އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3- އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެލެއްވުން ވަރަށް ބޮޑަށް އެދެމެވެ.
Advertisement
8 ފެބްރުއަރީ 2025