އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުޑް އެންޑް ބެވަރޭޖް ޝޯ ނައިބު ރައީސް ހުޅުއްވައިދެއްވައިފި

ފުޑް އެންޑް ބެވަރޭޖް ޝޯ ނައިބު ރައީސް ހުޅުއްވައިދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވޭ ފުޑް އެންޑް ބެވަރޭޖް ޝޯ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

މި ޝޯގައި 40 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، ކާބޯތަކެތީގެ ދާއިރާގެ އުފެއްދުންތައް ޕްރޮމޯޓްކޮށް، އެ އުފެއްދުންތަކަށް މާކެޓް ހޯދުމަށް މަސައްކަތް ކުރާނެއެވެ. މި ޝޯ އަކީ އާންމުންނަށް ހުޅުވާލައިގެން ބޭއްވޭ ޝޯއެކެވެ.

މި ޝޯ ކުރިއަށްދާނީ 26 އޮކްޓޯބަރ އިން ފެށިގެން ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށެވެ. އެއީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. ޝޯގައި ބައިވެރިވާ ފަރާތްތަކުން އެމީހުންގެ އުފެއްދުންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ވިއްކުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް ޝޯ އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

ފުޑް އެންޑް ބެވަރޭޖް ޝޯ އަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމީހުންގެ އުފެއްދުންތައް ދައްކާލުމަށާއި، އާ ކަސްޓަމަރުން ހޯދުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ބައިވެރިން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު