އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މަވައްދަތު" ސިލްސިލާގެ ތިން ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ ބާއްވަނީ

"މަވައްދަތު" ސިލްސިލާގެ ތިން ވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓު ގުޅިގެން ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ކުރުވުމަށް ފަށާފައިވާ "މަވައްދަތު" ސިލްސިލާގެ ދެވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ އޮންނާނެއެވެ. 

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ މި ފޯރަމްގައި "ކައިވެނި ކުރެވުމާއެކު" މި މަޢުޟޫއުއަށް ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު ޒާހިދުއެވެ.

މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ "ކައިވެނީގެ ކުރިން" މި މަޢުޟޫއުއަށެވެ. އެ ދަރުސްގައި މަޢުލޫމާތު ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ ""ކައިވެންޏަށް ތައްޔާރުވުން" މި މަޢުޟޫއުއަށެވެ.

މަވައްދަތު ސިލްސިލާގެ ތިންވަނަ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މަވައްދަތުގެ ފޯރަމްގައި ބައިވެރިވެލެއްވުމަށް: https://forms.office.com/r/9traMXqNZL

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު