އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު
ގިނަ ބައަކަށް ނަމާދަށް ފަރުވާކުޑަކުރެވެނީ ކުރަން ބޭނުންނުވާތީއެއްވެސް ނޫނެވެ. ކަންނެތްވެވެނީއެވެ. ފަހުން ކޮށްލަން މަޑުކުރެވެނީއެވެ. އެ ނުބައި އާދައާ ދުރިހެލިވާން އެބަޖެހެއެވެ. ހީވާގިވެލައިގެން ނޫނީ އާޚިރަތް ލިބޭނެ މަގެއް ނެތަތީއެވެ.
ބަނޑުހައިވެފައި ހުންނަ މީހަކު ކާނެ އެއްޗަކަށް ދަހިވާނެ މިންވަރާއި ފެންބޮވައިގަތުމުން ފެނަށް ބޭނުންވާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ! ބަނޑުހައިވެފައި ހުންނަ މީހާއަށް ކާން ލިބުމުން ފުދެއެވެ. ފެންބޮވައިގެންފައި ހުންނަ މީހާއަށް ބޯނެ ފެން ލިބުމުން ފުދެއެވެ.
ނަމަވެސް ނަމާދު ކިތަންމެ ގިނައިން ކުރެއްވެވުނު ނަމަވެސް ރަސޫލް (ﷺ) އަށް ފުދިވަޑައެއް ނުގަންނަވައެވެ. އަބަދުވެސް ހުންނަވަނީ ނަމާދެއް ކުރެއްވެވުމުގެ ދަހިވެތިކަމުގައެވެ.
މިއީ ރަސޫލް (ﷺ) ވީހައި ގިނަ ނަމާދު ކުރެއްވެވުމަށް ދަހވެތިވެވަޑައިގަންނަވާ މިންވަރު އަބޫ ޛައްރު ދައްކަވައިދެއްވެވި މިޘާލެކެވެ. ނަމާދުކުރެއްވެވުމަށް ދަހިވެތިވެޑައިގަތުމަށް، ނުވަތަ ނަމާދުކުރުން ގިނަކުރެއްވެވުމަށް ހިތްވަރު ދެއްވެވުމަށް މިއަށްވުރެ ވަކިން ފުރިހަމަ މިސާލެއް ވޭހެއްޔެވެ؟
ޢިބްރަތް ޙާޞިލުކުރާށެވެ! ކޮންމެ މުސްލިމަކަށް މިފަދަ މޭރުމުން ޙަދީޘްފުޅުކުރައްވަވަން ރަސޫލް (ﷺ) މިއަދަކު ދުނިޔެއަކު ނެތެވެ. ނަމަވެސް މިފަދަ ޙަދީޘްފުޅުތައް ފެންނަން ހުރުމުން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންވީ މިއީ ހަމަ ތިމާއަށް ކުރައްވަވާފައިވާ ޙަދީޘްފުޅެއް ކަމަށެވެ. ޢަމަލުކުރަން އަވަސްވެގަންނާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
4 ފެބްރުއަރީ 2025