އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަލުގައި ކައިވެނީގެ 40 އަހަރު ހޭދަކޮށް މިހާރުވެސް އުފަލުގައި ދިރިއުޅެމުން އަންނަ އަންހެނަކު އޭނާގެ ޙަޔާތަށް ބައިވެރިއަކު ހޯދަން ކުރި އިމްތިޙާނުތަކާ އިމްތިޙާނުކުރި ގޮތް-

އުފަލުގައި ކައިވެނީގެ 40 އަހަރު ހޭދަކޮށް މިހާރުވެސް އުފަލުގައި ދިރިއުޅެމުން އަންނަ އަންހެނަކު އޭނާގެ ޙަޔާތަށް ބައިވެރިއަކު ހޯދަން ކުރި އިމްތިޙާނުތަކާ އިމްތިޙާނުކުރި ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

އަހުރެން ކައިވެނިކުރަންވެގެން އުޅުނުއިރު ބެލީ އެންމެ ސިފަރީތި މީހާއަކަށް ނޫނެވެ. ސިފަކަމަށް އަނުރެން ބެލީ އޭނާގެ އަޚްލާޤީ ސިފަތަކެވެ.

އަހުރެން ބެލީ އެންމެ ތަނަވަސް މީހާއަކަށްވެސް ނޫނެވެ. ހަމަ އެކަނި އޭނާއަކީ ދިރިއުޅެން މަސައްކަތްކުރާ މީހެއްތޯ އާއި މަސައްކަތްކުރުމުގެ ހިތްވަރު ހުރި މީހެއްތޯއެވެ. ތަނަވަސްކަންހުރިވަރަކުން އަހުރެންނަށާއި އަހުރެންގެ މައިންބަފައިންނަށް އެހީތެރިވާނެ ދީލަތި ހިތެއް އޮތް މީހެއްތޯއެވެ.

ދެން އަހުރެން ބެލީ އޭނާއަކީ އިތުބާރުކުރެވިދާނެ މީހެއްތޯއެވެ. އެކަން އަހުރެން ޔަޤީންކުރީ އެކަނިވެ ބޭނުންނަމަ އަހުރެންގެ ގައިގައި ބީހުމުގެ ފުރުޞަތު ދީގެންނެވެ. ގައިގައި ބީހުމުގެ ބަދަލުގައި އޭނާ ދެއްކީ ކައިވެނިކޮށްގެން ދިރިއުޅޭނެ ގޮތުގެ ވާހަކައެވެ.

ދެން އަހުރެން ބެލީ އޭނާ އަހުރެންނަށް ސަމާލުކަންދޭ މިންވަރެވެ. އެހެންވެ އެންމެ ބުރަކޮށް މަސައްކަތްކުރަން އިންނަ ގަޑީގައިވެސް ފޯނުކުރަމެވެ. ބައެއް ފަހަރު ފޯނުނަގާފައި އިރުކޮޅަކުން ގުޅާނެ ކަަމށް ބުނެފައި ކަނޑާލައެވެ. ލަހެއް ނުވެ ގުޅައެވެ. ފޯނު ނުނެގޭފަހަރުވެސް ދެއެވެ. އެކަމަކުވެސް ގުޅާތާ މާގިނަ އިރެއް ނުކޮށް ގުޅާފައި ފޯނުނުނެގުނީތީ މާފަށް އެދެއެވެ.

ދެން އަހުރެން ބެލީ ބަލިވީމާ އަޅައިލާ މިންވަރެވެ. ބަލިވެ އުޅޭ ވާހަކަ ބުނެފިނަމަ ޑޮކްޓަރަށް ދިއަކަން ކަށަވަރުކުރެއެވެ. އިރުއިރުކޮޅުން ގުޅައި ޙާލުބަލައެވެ. މީރު، ހަށިގަނޑަށް ފައިދާކުރާނެ އެއްޗެތި ގެނެސްދެއެވެ.

3، 4 މީހުން އިމްތިޙާން ކުރީމެވެ. ކައިވެނިކުރީ މިކިޔައިދިން ގޮތަށް އަހުރެންގެ ޓެސްޓްތަކުން ފާސްވި މީހާއާއިއެވެ. އެކައިވެންޏަށް 40 އަހަރު ފުރިއްޖެއެވެ. އެއިރެކޭ މިހާރެކޭ މިބުނި ކަންކަމުގައި އެއްވެސް ތަފާތެއް ނެތެވެ. ދެމީހުން އެކަނި އުޅެންފެށި ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އަންނަނީ އަޅައިލުން އިތުރުވަމުންނެވެ.

އަހުރެން ބުނާނީ މިވިސްނުމުން އިމްތިޙާންކުރީމާ ފާސްވި މީހާއާއި ކައިވެނިކޮށްފިނަމަ އުފާވެރި ދިރިއުޅުމެއް ލިބޭނެ ކަމަށެވެ.

މިއީ ކާމިޔާބުކަމާއިއެކު އުފަލުގައި ކައިވެނީގެ 40 އަހަރު ހޭދަކޮށް މިހާރުވެސް އުފަލުގައި ދިރިއުޅެމުން އަންނަ އަންހެނަކު އޭނާގެ ޙަޔާތާއިމެދު ބުނެފައިވާ ބަސްކޮޅެކެވެ. ޢިބްރަތްތެރި ވާހަކަކޮޅަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިލީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް