އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ފުރިހަމަ ގޮތުގަ ވުޟޫކުރެވޭނީ ވުޟޫ ކުރަން ނިޔަތް ގަންނައިރު 4 ކަމަކަށް ނިޔަތް ގަނެގެން! ޝައިޚް މުޙައްމަދު ބާޖައުރު

ހަނދުމަކޮށްދިނުމެއް!: ފުރިހަމަ ގޮތުގަ ވުޟޫކުރެވޭނީ ވުޟޫ ކުރަން ނިޔަތް ގަންނައިރު 4 ކަމަކަށް ނިޔަތް ގަނެގެން! ޝައިޚް މުޙައްމަދު ބާޖައުރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 27 ސިކުންތު

ރަނގަޅަށް ބަލައިފިނަމަ އެންމެ ބޮޑު ސަމާލުކަމެއް ޑޭންޖެހެނީ ވުޟޫކުރުމަށެވެ. އެއީ ވުޟޫ އާއި ނުލައި އެއްވެސް ނަމާދެއް ނުކުރެވޭނެތީއެވެ. މުޞްހަފްގައި ނުބީހެވޭނެތީއެވެ. ވީމާ ވުޟޫކުރުމަށް އެންމެ ބޮޑަށް ސަމާލުކަން ނުދީ ދެކޮޅުޖެއްސޭނެ އެއްވެސް ގޮތެއް ނެތެވެ.  

ވުޟޫ ކުރަން ނިޔަތް ގަންނައިރު 4 ކަމަކަށް ނިޔަތް ގަންނަންވާނެއެވެ. ސަބަބުތައް  މިކިޔައިދެނީއެވެ.  

ފުރަތަމަ ކަމަކީ ވުޟޫ މިކުރަނީ ނަމާދުގެ ކުރިން ވުޟޫކުރުމަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ހިމެނޭ ކަމަށްވާތީއެވެ.

ދެވަނަ ކަމަކީ ތިމާ ވުޟޫ މިކުރަނީ އެކަންކުރަން ﷲ ތަޢާލާ އަމުރުފުޅުކުރައްވަވާފައިވާތީކަމެވެ.

ތިންވަނަކަމަކީ ރަސޫލް ގެ ސުންނަތުގައިވާ ފަދައިން (ރަސޫލް ކުރެއްވެވި ގޮތަށް) ކަމެވެ.

ހަތަރުވަނަ ކަމަކީ ތިމާ މިކުރާ ވުޟޫގެ ސަބަބުން ތިމާއަށް ކުރެވިފައިވާ ކުދި ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެންނެވެ.   

ވުޟޫކުރަން ފެށުމުގެ ކުރިން މި 4 ކަންތައް ހިތަށް އަރުވައިގެން ވުޟޫކުރުމުން ނޫނީ ވުޟޫކުރަން ދޭންޖެހޭ ސަމާލުކަމެއް ނުދެވޭނެއެވެ. ފުރަތަމަ ބުނި ގޮތަށް ހިތަށް އެރުވިނަމަވެސް ވުޟޫ ޞައްޙަވާނެއެވެ. ހަމައެފަދައިން ވުޟޫކުރާއިރު ނިޔަތް ފުރިހަމަކޮށްގެން ނިޔަތާއި އެއްގޮތަށް ޢަމަލުކުރުން ދެއްވަވާ ޘަވާބު އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ 

އަދިކީއްހެއްޔެވެ؟ އެއްވެސް ކަމެއް ރަސޫލް ކުރެއްވެވި ގޮތަށް ކުރަން އެމީހަކަށް ކުރެވުނު ވަރަކަށް މަސައްކަތްކުރުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ. ހަތަރުވަނައަށް ބުނި ކަންތައް، "ތިމާ މިކުރާ ވުޟޫގެ ސަބަބުން ތިމާއަށް ކުރެވިފައިވާ ކުދި ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން" ކަމަށް ނިޔަތް ގަންނަންޖެހެނީ ވުޟޫގެ ސަބަބުން ކުދި ފާފަތައް ފުއްސަވައި ދެއްވަވާތީއެވެ.  

ޙަދީޘްފުޅުން އެނގެން އޮތީ ވުޟޫކުރާއިއިރު އޮހޮރިގެންދާ ފުރަތަމަ ފެންތިއްކާއިއެކު ފާފަތައް ބޭރުވަމުންދާންފަށާނެކަމެވެ. ވީމާ ކޮންމެ ގުނަވަނެއްގައި ފެންލާއިރުވެސް ވީހައި ފުރިހަމައަކަށް ފެންލާން މަސައްކަތްކުރަންވާނެއެވެ. ހުރިހާ ތަނެއްގައި ފެންޖެއްސިއްޖެކަން ޔަޤީންކުރަންވާނެއެވެ. އެހެންވެ ވުޟޫކުރުމުގައި އަވަސްއަރުވައިލުމެއް ނެތެވެ. ގުނަވަންތަކުގައި ފެންލާންވާނީ ފަރުވާތެރިކަމާއިއެކު ލަސްލަހުންނެވެ.  

Abu Umamah reported: The Messenger of Allah, peace and blessings be upon him, said, 

“Whenever a man performs his ablution intending to pray and he washes his hands, the sins of his hands fall down with the first drop. When he rinses his mouth and nose, the sins of his tongue and lips fall down with the first drop. When he washes his face, the sins of his hearing and sight fall down with the first drop. When he washes his arms to his elbows and his feet to his ankles, he is purified from every sin and fault like the day he was born from his mother. If he stands for prayer, Allah will raise his status by a degree. If he sits, he will sit in peace.”

In another narration, the Prophet said, “When a Muslim man performs ablution, his sins are removed from his hearing, his sight, his hands, and his legs. If he sits down, he will sit down forgiven.”

Source: Musnad Aḥmad 21680

 

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން  

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް