އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތުގަ ފައިސާ ހުއްޓަސް ކިތަންމެ މޮޅަށް ރޭވިޔަސް ކުރަން އުޅޭ ކަންކަން ފޭލްވެ އިނދަޖެހުމަށް އޮތް ޙައްލު!

އަތުގަ ފައިސާ ހުއްޓަސް ކިތަންމެ މޮޅަށް ރޭވިޔަސް ކުރަން އުޅޭ ކަންކަން ފޭލްވެ އިނދަޖެހުމަށް އޮތް ޙައްލު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

އަތުގައި ފައިސާ ހުރިނަމަ ގިނަ ބައަކަށް ޤަބޫލުކުރެވެނީ ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށެވެ. މޮޅަށް ރާވާލައިފިނަމަ ނުކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ނަމަވެސް މިއީ މުޅިން ބާޠިލްވިސްނުމެކެވެ. އަތުގައި ކިތަންމެ ފައިސާ ގިނަ ނަމަވެސް ކިތަންމެ މޮޅަށް ރާވައިގެން ކުރަން އުޅުނަސް ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނެ ގޮތާއިމެދު ވިސްނަން އެބަޖެހެއެވެ.

މިހެން މިބުނަނީ އިންސާނުން ކުރަން ބޭނުންވާ ކަންކަން ކުރުމުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންތައް ގިނަބައަކު ހަނދާން ނެތިވެފައިވާތީއެވެ. އެހެންވެ މަސައްކަތް މިކުރަނީ އެކަން ހަނދުމަކޮށްލައިދެވޭތޯއެވެ.

ކަމެއް މިކުރެވެނީ އެންމެ ރަނގަޅަށް ކަމާއި ކާމިޔާބުވާނެކަން ޔަޤީންކުރަން ކުރާ ފުރަތަމަ ކަމަކީ ތަޖުރިބާކާރު މާހިރުންގެ ލަފާ ހޯދުމެވެ. އެކަމެއްގެ ޢިލްމުވެރިންގެ ބަސް ހޯދުމެވެ. ޙަޤީޤަތުގައި މިވަރަކުން އަދި ނުފުދެއެވެ.

ކިތަންމެ މޮޅު ބައެއްގެ ލަފާ ހޯދިނަމަވެސް ކިތަންމެ މޮޅު ބައަކު ލައްވައި ދިރާސާކޮށް ފީސިބިލިޓީ ހެދިނަމަވެސް އެކަމެއް ފުރިހަމަވެ ނިމެންދެން ކާމިޔާބުވާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނުއޮވެއެވެ. ކޮންމެ ވަގުތަކުވެސް ހީވެސް ނުކުރެވޭ ކަންކަން މެދުވެރިވެ ކުރަން މަސައްކަތްކުރާ ކަންތައް ކާމިޔާބުނުވެ އެބަދެއެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ ކުރެވޭ ސުވާލުގެ ޖަވާބަކީ އެއީ ހުރިހާ ބާރުތަކެއް ﷲ ތަޢާލާގެ ޙަޟްރަތުގައި ވާތީއެވެ! ޙައްލަކީ ކޮބައިހެއްޔެވެ؟ ކުރެވޭ ސުވާލުގެ ޖަވާބަކީ ކުރިން ބުނި ހުރިހާ ކަންކަން ކުރިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމާއި އެކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރުމާއި އަދި ހިންމަވައިދެއްވަވާނެކަމަށް ޔަޤީންކުރުން ހިނދުކޮޅަކަށްވެސް ހުއްޓައިނުލުމެވެ. ﷲ ތައާލާއަށް ވަކީލުކުރުންމަތީގައި ސާބިތުވުމެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަތުގައި ފައިސާހުރިނަމަ ގެއެއް އެޅިދާނެ ކަމަށް ބަލައި ގެއަޅަން މަސައްކަތްކުރާއިރުވެސް މިކަންކަމަށް ވިސްނާށެވެ! މަސައްކަތް ފަށަންވާނީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމާއިއެކުގައެވެ. އެކަން ހިންމަވައި ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދަން ވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް