އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިވިޔަފާރިވެރިޔާގެ ވިސްނުމުން ވިސްނާ މީހަކަށް އެއްވެސް ކަމަކާ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ: މުފްތީ މެންކް

މިވިޔަފާރިވެރިޔާގެ ވިސްނުމުން ވިސްނާ މީހަކަށް އެއްވެސް ކަމަކާ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

މާލީ ގޮތުންވެސް އަދި އެހެން ގޮތަކުން ނަމަވެސް ދަތިކަމެއް ކުރިމަތިވެއްޖެނަމަ ކަންބޮޑުވެ، ތެޅިފޮޅޭ މީހުން ވަރަށް ގިނައެވެ. އެފަދަ މީހުންނަށް ވިސްނެނީ އެހިސާބުން އޭނާގެ ހުރިހާ ކަމެއް ނިމުނީހެންނެވެ. ދެން އުޅެންޖެހޭނީ އަބަދު ދަތިޙާލުގައި ކަމަށެވެ. އެއީ އެމީހުންނަށް ހެދޭ އެންމެ ބޮޑު އެއް ގޯހެވެ.

ޢާންމު ގޮތެއްގައި ތަނަވަސް މީހުންގެ ކަންބޮޑުވުންތައް ގިނަވާނެއެވެ. ފިކުރުތައްވެސް ބޮޑުވާނެއެވެ. އެއީ ތަނަވަސްކަން އިތުރުވާވަރަކަށް އިތުރަށް ބޭނުންވާ ކަންކަންވެސް ގިނަވާތީއެވެ. ގިނަބައަކަށް ފިލައިގެން އުޅެން ވިސްނާތީއެވެ. އެހެންކަމާއިއެކުވެސް އަހަރެންނާއި ބައްދަލުވި ވިޔަފާރުވެރިއަކު އަހުރެން ސިއްސުވައިލިއެވެ.

އޭނާ ބުންޏެވެ. "އަހަރެންނަކީ ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކާމިޔާބު ވިޔަފާރިވެރިއަކީމެވެ. ދުވަހަކުވެސް ކަންބޮޑުވެގެން އުޅޭކަށް ނުޖެހެއެވެ. އެއްވެސް ކަމަކާއިމެދު ކަންބޮޑުވެގެނެއް ދުވަހަކުވެ ނުއުޅުމެވެ."

އޭނާގެ ވާހަކައާއި ގުޅިގެން އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އޭނާގެ ވިޔަފާރީގައި ދުވަހަކުވެސް ގެއްލުމެއް ހަމަނުވަނީބާވައެވެ! ކުރިހާ ހުރިހާ މުޢާމަލާތުތަކެއް ހަމަ ކާމިޔާބުވަނީބާވައެވެ! އެހެންވެ އޭނާ އެބުނިބަހުގެ އިތުރު ތަފްޞީލަށް އެދުމުން ކިޔައިދިނެވެ.

"އަހަރެން އަބަދުވެސް ވިސްނަނީ އެންމެ ފުރަތަމަ އަހަރެންގެ ޙާލަތު ހުރިގޮތަށެވެ. ދުނިޔެއަށް އައީ އެންމެ ކުޑަމިނުން ފޭރާމެއްވެސް ނެތްޙާލުގައެވެ. ވިޔަފާރިކުރަން ފެށުމުގެކުރިން އުޅުނު ދަތިޙާލެވެ. އެހުރިހާ ދަތިކަމަކުން އަރައިގަނެވުނު ގޮތެވެ. ހަމަކަށަވަރުން އަހަރެންނަށް ލިބިފައިވާ ކޮންމެ ނިޢްމަތެއްވެސް ލިބިފައި މިވަނީ ﷲ ތައާލާ ދެއްވެވުމުންނެވެ. އެކަލާނގެ ދެއްވެވި އެއްޗެއް އަނބުރައި ގެންދެވުމުން ނުވތަ އެދޭހުރިހާ ކަމެއް ހިންމަވައި ނުދެއްވެވުމުން ކަންބޮޑުވާންވީ ކީއްވެގެންހެއްޔެވެ؟

އެހެންވެ އަހަރެން އަބަދުވެސް ހުންނަނީ އެވިސްނުމުގައެވެ. އެހެންވެ އެއްވެސް ކަމަކާއިމެދު ކަންބޮޑުވެގެން އުޅޭކަށް ދުވަހަކުވެސް ނުޖެހެއެވެ."

މީސްތަކުންނޭވެ! އޭނާ އެދެއްކި ވާހަކަތަކަކީ ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ ފަދަ ވާހަކަތަކެވެ. ތަފާތަކީ އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ވާހަކަދެއްކިކަމެވެ. ޢިލްމުވެރިން ވިދާޅުވެދެއްވާނީ ދީނުގެ ޢިލްމުންކަމުގައިވާކަމެވެ.

އޭނާ އެހާމަކުރީ ކަންކަން ބަލައިގަންނަންޖެހޭ ގޮތެވެ! ވިސްނައި ފިކުރުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތެވެ! އެމަގުން ކަންކަމާއިމެދު ވިސްނާ އެއްވެސް މީހަކަށް އެއްވެސް ކަމަކާއިމެދު ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ! އަދި ދާނީ ދުވަހެއް ދުވަހަކަށް ކާމިޔާބުވެސް ލިބެމުންނެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް