އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާން ކިޔެވިނަމަވެސް ސިކުނޑިއާއި ހަމައަށް ނުފޯރާ ސަބަބު ނައްތާލަން ކުރަން އޮތް ޢަމަލު-

ޤުރްއާން ކިޔެވިނަމަވެސް ސިކުނޑިއާއި ހަމައަށް ނުފޯރާ ސަބަބު ނައްތާލަން ކުރަން އޮތް ޢަމަލު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ކީރިތި ޤުރްއާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރުކުރުމެވެ. ރަމަޟާންމަހަކީ ޤުރްއާނުގެ މައްސަރުކަމަށްވުމުން ގިނަ ބައަކު ކުރިއަށްވުރެ ގިނައިން ޤުރްޢާން ކިޔަވާނެއެވެ. ނަމަވެސް ގިނަބައަކަށް ކުރެވޭ ކަމަކީ ދެލިގަނޑު ކިޔުމެވެ. ދޭންޖެހޭ ސަމާލުކަން ނުދެވޭތީ ސިކުނޑިއާއި ހަމައަކަށް ނުފޫރައެވެ.

އެހެންކަމުން އެޙާލަތުން ސަލާމަތްވު އިނދެ ކިޔަވަން ސަލާމުކަންދޭށެވެ! ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން ކުރަންވީ އެޙާލަތު މެދުވެރިވާ ސަބަބާއި ސަލާމަތްވާން ޢަމަލުކުރަންވީ ގޮތް އެނގިލައްވާނެއެވެ. އިން ޝާ ﷲ

ބައެއް މީހުން ބުނެއެވެ. "ކިޔަވަކިޔާވެސް ހިތުދަހެއް ނުކުރެވުނެވެ." އެކަން ވާނީ އެހެން ނޫންތޯއެވެ؟ ކިޔެވެނީ ޝައިޠޯނާގެ ބާރުގެދަށުގައި އެހެން ޚިޔާލުތަކެއްގައި އިނދެގެން ކަމަށްވާނަމަ ކިޔެވިނަމަވެސް ހިތާއި ހަމައަކަށް ނުފޯރާނެއެވެ. ހިތާއި ހަމައަށް ފޯރައިގން ނޫނީ ސިކުނޑިއަކަށް ނުފޯރާނެއެވެ.

ކީރިތި ޤްރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛް ކިޔަވަންޖެހެނީ އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ފަދައިން ޝައިޠާނާ ދައުރުކުރާތީ ކިޔަވާއިރު ޝައިޠާނާ ކިބައިން ސަލާމަތް ކުރެއްވެވުން އެދިއެވެ.

"ފަހެ، ކަލޭގެފާނު ޤްރްއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަހްމަތުން ބޭރު ކުރައްވަވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވެވުން އެދި، ﷲގެ ރައްކައުތެރިކަމަށް އެދި ދަންނަވާށެވެ." (ސޫރަތުނަޙްލް: 98)

ރަސޫލް (ﷺ) ކީރިތި ޤްރްއާން ކިޔަވައި ވިދާޅުވާނަމަ ފެށްޓެވުމުގެ ކުރިން އަޢޫޛް ވިދާޅުވިއެވެ. أعوذ بالله من الشيطان الرجيم މާނައަކީ "ލައްނަތް ލެއްވިގެންވާ ނުބައި ޝައިޠާނާގެ ވަސްވާސްތަކުން މިއަޅާ ސަލާމަތްކޮށް ދެއްވެވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަމެވެ." ޤްރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛް ކިޔެވުމަކީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. އެހެނީ ނަހްލް ސޫރަތުގެ 98 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަނީ މިކަމަށް އަމުރުފުޅު ކުރައްވަވައިފައެވެ.

ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވަނީ ކީރިތި ޤްރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛް ކިޔެވުމަކީ ވާޖިބެއް ނުވަތަ ސުންނަތެއް ކަމާއިމެދުގައެވެ. (އެއީ ސުންނަތެއް ކަމަށް ބެލި ނަމަވެސް މޮޅު އިތުރުވެގެންވަނީ ކިޔެވުމެވެ.)

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިސްލާމީ މަރުކަޒުގައި ދެއްވި ދަރުސުން

އަޢޫޛް ކިޔުމުގެ ޙުކުމްތަކާއި އިތުރު ތަފްޞީލްތައް ލިޔުމުގައިވާ ވީޑިއޯ އިން އެނގިވަޑައިގަންނަވާނެއެވެ.

 

https://www.youtube.com/watch?v=KbqOak1Rh_E&feature=youtu.be

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް