އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު
ދިރާގުން ރޯދަ މަހު ބާއްވަމުން އަންނަ "ގުޑިފެސްޓު" ހަރަކާތް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގައި އޮންނަ "ދިރާގު ބީޗު"ގައި ހަވީރު 5:00 އިން 6:00 އަށެވެ.
މި ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް މިދިޔަ ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑުގައި ބޭއްވުނެވެ. އެ ހަރަކާތަށް ލިބުނު ފޯރިގަދަ ތަރުހީބާއެކު، މާދަމާގެ ހަރަކާތަށް ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ހުރިކަމަށް ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ކުޑަކުދިންނަށް ބައިވެރިވެވޭނެ ކަމަށް ދިރާގުން މަޢުލޫމާތު ދެއެވެ. އަދި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ދިރާގުން ހިލޭ ގުޑިއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިރާގު ގުޑިފެސްޓަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ކުޑަކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ފަށައިގަތް ހަރަކާތެކެވެ. މި ހަރަކާތަކީ ދިވެހި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާއްވާ ހަރަކާތެކެވެ.
Advertisement
14 މާޗް 2025