އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލިބުނު ދަރިފުޅު ތިމާއާ ވައްތަރުނުވުމުން އަނބިމީހާގެ ބޮލުގަ ޒިނޭގެ ތުހުމަތު އަޅުވައި ނިކަމެތިކުރި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ލިބުނު ދަރިފުޅު ތިމާއާ ވައްތަރުނުވުމުން އަނބިމީހާގެ ބޮލުގަ ޒިނޭގެ ތުހުމަތު އަޅުވައި ނިކަމެތިކުރި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 39 ސިކުންތު

އެއީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުންދިއަ ދެމަފިރިންނެވެ. ކައިވެންޏަށް 2 އަހަރުވެސް ނުވަނީސް ފިރިހެން ދަރިއަކު ލިބުނެވެ. ދަރިފުޅުގެ ބައްޕައާއި ވަރަށް އެއްވައްތަރުގެ ސިފަތައް ލިބިފައިވާ ކުއްޖެކެވެ. 

އެއިގެ 2 އަހަރުފަހުން ދެވަނަ ދަރިފުޅު ލިބުނެވެ. ނަމަވެސް ފިރިމީހާ އަކާއިވެސް މަންމައަކާއިވެސް ވައްތަރެއް ނޫނެވެ. ފިރިމީހާ ވަޤުތުން އަނބިމީހާގެ މައްޗަށް ޝައްކުކުރިއެވެ. އަނބިމީހާގެ ކިބައިން އެއްވެސް ކުށެއް ފެނިފައިނުވާއިރުވެސް ޒިނޭގެ ތުހުމަތު އެޅުވިއެވެ. 

އެވަރުން ނިންމައިލީއެއްވެސް ނޫނެވެ. ޚިޔާނާތްތެރިއަކާއިއެކު ދިރިއުޅެން ބޭނުން ނޫންކަމަށްބުނެ އަނބިމީހާ ވަރިވެސް ކުރިއެވެ. ދޮށީ ދަރިފުޅު އަތުލާފައި އަނބިމީހާ އާއި ކުޑަ ދަރިފުޅު ގެއިން ބޭރުކޮށްލީއެވެ. ބޭނުން ނެތްނަމަ ވަރިކުރި ނަމަވެސް އޭނާގެ ދަރިފުޅާއި ވަކިނުކުރުން އެދި އާދޭސްކޮށް ރޮއި ކަރުނައެލުމުންވެސް ފިރިމީހާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. 

އަނބިމީހާ ހަދާނެ އެއްވެސް ގޮތެއް ނެތުމުން ކުޑަދަރިފުޅު ގޮވައިގެން ދިއައީ އޭނާގެ ރަށަށެވެ. ރަށުގައި އިންދައި ބައްދަލުވި މީހަކު އޭނާއާއި ކައިވެނިކުރިއެވެ. އެއީ ވަރަށް ރަނގަޅު މީހެކެވެ. އޭނާގެ ދަރިފުޅަށްވެސް ބައްޕައެއްގެ ފުރިހަމަ ލޯބިދީގެން ބަލައި ބޮޑުކުރިއެވެ. 

އެއިރު ކުއްޖާގެ ޢުމުރުން 2 އަހަރުވެސް ނުވާތީ ކުއްޖާއަކަށް އޭނާގެ ބައްޕައަކީ ކާކުކަމެއް ނުއެނގެއެވެ. އަދި ބައްޕައަކީ ކާކުކަމެއްވެސް ނުއެނގެއެވެ. އެހެންވެ އަޞްލު ބައްޕަ ހޯދަން މަސައްކަތެއްވެސް ނުކުރެއެވެ. 

ފިރިމީހާ އަކީ ވިޔަފާރިކުރާ މީހެކެވެ. އޭނާގެ ވިޔަފާރިކުރިއަރައި އަތްމަތި ތަނަވަސްވުމުން ހުޅުމާލެއިން ފްލެޓެއް ގަތެވެ. އޭނާގެ 2 ދަރިންނަށާއި ދޮންދަރިފުޅަށް ރަނގަޅު ތަޢްލީމެއް ދިނުމަށްޓަކައި ރަށްދޫކޮށް ހުޅުމާލެއަށް ބަދަލުވިއެވެ. ހުޅުމާލެއިން ފިހާރައެއް ކުއްޔަށް ހިފައިގެން ވިޔަފާރިކުރަން ފެށިއެވެ. 

ދެމަފިރިން އެމީހުންގެ 3 ދަރިން ގޮވައިގެން އުފަލުގައި ދިރިއުޅެމުންދަނިކޮށް އެއްދުވަހަކު އޭނާގެ ކުރީގެ ފިރިމީހާ އާއި ދަރިފުޅާއި ބައްދަލުވިއެވެ. ބީޗްގައި ހުރި ކެފޭއަކުން ސައިބޯން ތިއްބައެވެ. އެއިރު އެދެމަފިރިންވެސް ތިބީ 3 ކުދިން ގޮވައިގެން ސައިބޯށެވެ. 

ކުރީގެ ފިރިމީހާއަށް އޭނާގެ ދެވަނަ ދަރިފުޅު ފެނުމުން އުނދަގޫތަކެއްވާންފެށިއެވެ. އޭނާ ގޮވައިގެން އިން ދަރިފުޅާއި ވައްތަރުކަމުންނެވެ. ވަރަށް ގިނައިރު ބަލަން އިނދެފައި މޭޒުގައި ތިބި 3 ކުދިން ތެދުވެގެން ބީޗަށް ދިއަތަނާ ތެދުވެގެން ގޮސް ކުއްޖާއިން މޭޒުކައިރިއަށް ގޮސް ކުއްޖާގެ މަންމައަށް ރަނގަޅަށް ބަލައިލިއިރު އޭނާގެ ފުރަތަމަ އަނބިމީހާއެވެ. 

އެހިސާބުން އެއީ އޭނާގެ ދަރިފުޅުކަން ވިސްނުނެވެ. ބޮޑުވުމުން ދެބެއިން ވައްތަރުވީއެވެ. އެކަން ވިސްނުމުން އެދެމަފިރިންނާއި ވާހަކަ ދައްކާލަން ބޭނުން ކަމަށް ބުންޏެވެ. ނަމަވެސް އަނބިމީހާ ބުނީ 3 މީހުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަހަރުތަކެއް ފަހުން ނަމަވެސް އަހަރެންނަކީ ފާފައެއް ކުރި އަންހެނަކު ނޫންކަން ކަލޭގެ ލޮލަށް ފެނި ޤަބޫލުކުރެވުނުކަމަށްޓަކައި ﷲ އަށް ޙަމްދުކުރާ ކަމަށެވެ. 

"ކަންބޮޑުނުވާށެވެ! ކަލެއާއިމެދު އެއްވެސް ޝަކުވާއެއް ނެތެވެ. ރުޅިވެރިކަމެއްވެސް ނެތެވެ. މާފުވެސް ކޮށްފީމެވެ. ކަލޭ ދިން އަނިޔާގެ ސަބަބުން އޮހޮރަންޖެހުނު ކަރުނަ އެއިރު ވަރަށް ހިތްޗެވެ. ނަމަވެސް ދާދިކުޑަދުވަސްކޮޅެއްގެ ތެރޭގައި މިހާރުވަނީ މާމުޔަށްވުރެ ފޮނިއެއްޗަކަށް ބަދަލުވެފައެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. 3 ދަރިން އެތިބަ އަންނަނީއެވެ. އަވަހަށް މިތަނުން ދުރަށްދާށެވެ. 

ކަލޭގެ ގާތުގައި އިން އަހަރެންގެ ދަރިފުޅު ފެނުމުން އަހަރެންނަށްވެސް އަސަރުތަކެއް އެބަ ކުރެއެވެ. ގާތަށް ނުގޮސް ކެތްތެރިވެގެން މިއިންނަނީ ބައްދާލާފައި ރޮއިލާފައި އަންނަން ބޭނުން ނުވާތީއެވެ. މިތާ އިނދެގެން މިރޮނީ އެހެންވެގެންނެވެ. އެކަމުން އެދަރިފުޅަށް ކުރާނެ އަސަރު މާބޮޑުވާނެތީއެވެ. 

ކަލޭ ބޭނުންނަމަ އަހަރެންގެ ދަރިފުޅު މިވަޤުތުވެސް އަހަރެންނާއި ޙަވާލުކުރެވިދާނެއެވެ. ފިރިމީހާ އެއިނީ ދަރިފުޅާއި ޙަވާލުވާށެވެ! އަހަރެމެން ދިރިއުޅެނީ --- ފްލެޓުގައެވެ. ބޭނުންނަމަ ވިސްނާލާފައި ފަހުންވެސް ގެނެސްދެވިދާނެއެވެ. ނަމަވެސް ގެނެސްދޭންވާނީ އެކުގައެވެ. އަނބުރާ ގެންދާ ގޮތަކަށް ނޫނެވެ." 

އެހެން ބުނުމުން އިސްދަށަށް ޖަހައިގެން ހުރެ އޭނާ ދިއައީއެވެ. އެއިގެ 3 ދުވަސްފަހުން އޭނާ ދަރިފުޅު ގެނެސް އަހަރެމެންނާއި ޙަވާލުކުރިއެވެ. ބުނީ ބަލިވެ އުޅޭތީ އަތްމަތި ވަރަށް ދަތިކަމަށެވެ. އެހެންވެ ޚަރަދުދޭން ނުލިބޭނެ ކަމަށެވެ. އަޅުގަނޑުގެ ފިރިމީހާ ބުނީ އެއްވެސް ޚަރަދެއް ބޭނުން ނުވާ ކަމަށެވެ. 

ﷲ އަށް ހާސްފަށުން ޙަމްދުކޮށް ޝުކުރުކުރީމެވެ. އެއީ ގެއްލިފައިވީ އެދަރިފުޅު އަނބުރާ ދެއްވެވީތީއެވެ. އެދަރިފުޅާއިހުރެ ކުރަމުން އައި ހިތާމަ ނިމުމަމަކަށް އައުމުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ލިބޭ ދަރިން ވަކިމީހަކާއި ވައްތަރުވުމާއި ނުވުމުން މަންމަ ކުށްވެރިނުކުރާށެވެ! އެންމެ ކުޑަމިނުން ޑީއެންއޭ ހަދައިލާށެވެ. އެފަދަ ޢިލްމުތައް އިންސާނުންނަށް ދެއްވަވާފައިވަނީ އެއިގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. 

ތައުބާވެ ވިދިވިދިގެން 2 މަސް ދުވަހު ރޯދަހިފަން އޮތުމުން ޒިނޭގެ ތުހުމަތު އެޅުވުމަކީ ކިހައި ބޮޑު ފާފައެއްކަން އެބައެނގެއެވެ. ދެރަވަނީ އެކަން އެނގިތިބެވެސް އެ ބޮޑުފާފަކުރަން ބިރުނުގަންނާތީއެވެ. ރުޅިއަންނައިރަށް "ކަލޭ ވިހާފައި އެތިބީ އަހަރެންގެ ދަރިން ނޫން ކަމަށް" ބުނެލަން މިއަދު ކަންބޮޑުނުވިނަމަވެސް ކަންބޮދުވާންޖެހޭނެ ދުވަސް އެބައޮތެވެ.

 

- ފާއިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް