އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަޤީންކުރާށެވެ! އެއްވެސް މީހަކަށް މުޞީބާތެއް ކުރިމަތިކުރެއްވެވުމަށްފަހު ﷲ ތަޢާލާ އެމީހަކު ދޫކޮށެއް ނުލައްވަވައެވެ!

ޔަޤީންކުރާށެވެ! އެއްވެސް މީހަކަށް މުޞީބާތެއް ކުރިމަތިކުރެއްވެވުމަށްފަހު ﷲ ތަޢާލާ އެމީހަކު ދޫކޮށެއް ނުލައްވަވައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވަނީ މިދުނިޔެއަކީ އިމްތިޙާނުކުރެއްވެވުމުގެ މައިދާންކަމުގައިވީތީއެވެ. އެއްވެސް މީހަކަށް މުޞީބާތްތައް ކުރިމަތިކުރެއްވެވުމަށްފަހު ﷲ ތަޢާލާ އެމީހަކު ދޫކޮށެއް ނުލައްވަވައެވެ. އެމީހާ ޢަމަލުކުރާގޮތް ހިނދުން ހިނދަށް ބައްލަވައިވޮޑިގެންވެއެވެ. ތިބާ ކަންކަން ކުރާނެގޮތް ދެނެވޮޑިގެންވުމާއިވެސް އެކުގައެވެ.

މިގޮތަށް ވިސްނާށެވެ! ފަތަންދަސްކޮށްދޭން ފެންގަނޑަށް މީހުން އެރުވާއިރު އެރުވާނީ ސަލާމަތީ ފިޔަވަޅުތަކާއިއެކުގައެވެ. ލައިފްގާޑުން ބަލަންވެސް ތިބޭނެއެވެ. ކަމެއް މެދުވެރިވެއްޖެނަމަ ވަގުތުން އެހީތެރިވެ އެކަމަކުން ސަލާމަތްކުރާނެއެވެ. އިން ޝާ ﷲ

ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމާއިމެދުވެސް ހަމައެވިސްނުމުން ވިސްނާށެވެ. ކަންކަން ކުރިމަތިކުރައްވަވާނެއެވެ. އެހަނަސް ﷲ ތަޢާލާ އަހަރެމެންނަށް ބައްލަވައިވޮޑިގެންވެއެވެ. އެއީ ދެރަގޮތެއް ކަމަށް ނުވަތަ ކުރިމަތިވީ ދެރަކަމެއްކަމަށް އަހަރެމެންނަށް ޤަބޫލުކުރެވުނު ނަމަވެސް ދެރަގޮތެއް އިރާދައެއް ނުކުރައްވަވާނެއެވެ. އިން ޝާ ﷲ

އެކަން އެނގެނީ ކުރިންބުނިފަދައިން ފަތާއިރު ލައިފް ޖެކެޓްދޭ އުޞޫލުން އަހަރެމެންނަށްވެސް ވަނީ ސަލާމަތަށް ކުރަންވީ ކަންކަން ބަޔާންކޮށް ދެއްވަވައިފައެވެ. އެއީ އީމާންކަމުގައި ސާބިތުވުމާއި ތަޤްވާވެރިކަން އިތުރުކުރުމާއި ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރުމާއި ހަމައެކަނި އެކަލާނގެ ޙަޟްރަތުން ވާގިއެދުމާއި ޛިކުރުތައް ކިޔުން ގިނަކުރުމާއި ދުޢާކުރުން ގިނަކުރުން ފަދަ ކަންކަމެވެ.

މިކަންކަމުގައި ސާބިތުވެ ހުރި މީހަކަށް އެއްވެސް ކަމަކާއި ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. ހުރިހާ ކަންކަންވެސް ޙައްލުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

ކަމެއް ދިމާވުމުން ގޮތް ހުސްވެ މާޔޫސްވުމުގެކުރިން ވިސްނައިލާށެވެ. ތިބާގެ ޙަޔާތުގައި ކިތައްފަހަރު އެފަދަ ޙާލަތު ކުރިމަތިވިތޯ އާއި އެކަންކަމުން އަރައިގަނެވުނު ގޮތާއިމެދުގައެވެ. އަދި އެހެން މީހުންގެ ޙަޔާތާއިމެދުވެސް ހަމަ އެމޭރުމުން ވިސްނައިލާށެވެ! ފިލާވަޅުތަކެއް ލިބި ޢަމަލުކުރަންވީ ގޮތްވެސް އެނގިގެންދާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް