އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގެ ވެބްސައިޓް އިފްތިތާޙްކޮށްފި

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގެ ވެބްސައިޓް އިފްތިތާޙްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީ.ޖޭ.ޖޭ) އަށް ޚާއްސަކުރެވިފައިވާ ވެބްސައިޓް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ވެބްސައިޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

ޑީ.ޖޭ.ޖޭގެ ފުރަތަމަ ވެބްސައިޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މި މަސައްކަތަކީ ރާއްޖޭގެ އިޖްތިމާއީ ގިއުގަނޑު އެއްކޮށް ބަދަލުކޮށްލުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ރާއްޖޭގެ މުޅި އިޖްތިމާއީ ގިއުގަނޑު އެއްކޮށް ބަދަލުކޮށްލުމަށްޓަކައި މީގެ އާހިރު ނަތީޖާ ހޯދުމަށްޓަކައި ކުރާ މަސައްކަތެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތް ކާމިޔާބު މަސައްކަތަކަށް ވާނީ ކުށުގެ މާހައުލަށް ހުށަހެޅިދާނެ ކުދިންނަށް ދާއިމީ ހައްލެއް ހޯދައިދެވޭ ހިސާބުންނެވެ. އަދި އެކަން މި ސަރުކާރުގެ ދައުރުގައި ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާނީ ޑީ.ޖޭ.ޖޭ އިން ކަމުގައިވެސް ވިދާޅުވިއެވެ.

އަލަށް ތަޢާރަފުކުރެވުނު މި ވެބްސައިޓް މެދުވެރިކޮށް ޖުވެނައިލް ޖަސްޓިސްއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޢާންމުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު