އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިކަލުންގެ ހައްޤުތަކަށް އަރައިގަތް މައްސަލަ މެޑަމް ސާޖިދާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި

ދަރިކަލުންގެ ހައްޤުތަކަށް އަރައިގަތް މައްސަލަ މެޑަމް ސާޖިދާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެ، ކަރާމާތް ގެއްލޭ ގޮތަށް އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު (މަންދި) ވާހަކަ ދެއްކި މައްސަލައިގައި އޭނާގެ މައްޗަށް މިއަދު މެޑަމް ސާޖިދާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

މި މައްސަލާގައި މަންދީގެ މައްޗަށް މަދަނީ ދައުވާކޮށްދެއްވުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޢުމައިރު މުހައްމަދު މުޢިއްޒުގެ މަންމާފުޅު، ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުންނެވެ. މަންދީއަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް މުހައްމަދު ނަސީމްގެ މަންމާފުޅެވެ.

ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމް.ޑީ.ޕީން މާލޭގައި ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، ޢުމައިރުގެ ކިޔެވުމާއި މުސްތަޤްބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

ޤާނޫނީ ވަކީލުން ވިދާޅުވެފައިވާ ގޮތުގައި މަންދީ ދެއްކި ވާހަކަތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވެއެވެ. އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުވެސް ނިގުޅައިގެންފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން މަންދީގެ ފަރާތުން އެއްވެސް ބަހެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އަދި މި މައްސަލަ ކުރިއަށްދާނެ ގޮތާއި މެދު ސިވިލް ކޯޓުން އަދި އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު