އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަމާލުކަން ދިނުން މުހިންމު ޙަދީޘްފުޅެއް!: ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވާނެ 3 ޢަމަލު- މިއިން އެންމެ އަމަލެއްވެސް އެބަ ކުރެވޭތަ؟

ސަމާލުކަން ދިނުން މުހިންމު ޙަދީޘްފުޅެއް!: ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވާނެ 3 ޢަމަލު- މިއިން އެންމެ އަމަލެއްވެސް އެބަ ކުރެވޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ގިނަބައަކު އެންމެ ބޮޑަށް ސަމާލުކަން ދެނީ ދުނިޔެއިން ކޮންމެވެސް ޙާޞިލުކުރުމަށެވެ. އާޚިރަތާއިމެދު ވިސްނައިލަނީވެސް މަދު މީހެކެވެ. އެކަން ބާއްވާފައި އޮންނަނީ ޢުމުރުން ދުވަސްވެ މުސްކުޅިވެ ގައިބާރު ދެރަވެ ދެން ކުރާނެ ކަމެއް ނެތުމުން ކުރާނެ ކަމެއްގެ ގޮތުގައެވެ.

އެހެނަސް ޞަޙާބީން އަބަދުވެސް އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންވަނީ ނަރަކައަށް ވަދެވަޑައިގަންވަން ޖެހިވަޑައިގެންފާނެތީ އާއި ސުވަރުގެ ލިބިވަޑައިނުގެންފާނެތީއެވެ. އެހެންވެ ދަތުރުފުޅެއްގެ މަތީގައި މުޢާޛް ބިން ޖަބަލް ރަސޫލް (ﷺ) އަށް ދެންނެވިއެވެ.

"ތިމަންނާ ނަރަކައިން ސަލާމަތްވާނެ، އަދި ސުވަރުގެ ވަދެވޭނެ ކަމެއްގެވާހަކަ ވިދާޅުވެދެއްވަފާނަންތޯއެވެ."

އެއީ ދިގު ޙަދީޘްފުޅެކެވެ. ނަމަވެސް ކުރުކޮށްލާނަމެވެ. ފުރަތަމަ ޙަދީޘްފުޅު ކުރެއްވެވީ އިސްލާމް ދީނުގެ ފަރުޟުތައް ، ރުކުންތައް ފުރިހަމައަށް އަދާކުރުމެވެ. ދެން ޙަދީޘްފުޅުކުރެއްވެވީ ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުވިގެންދާނެ 3 ކަމެކެވެ. އެއީ: 1 ރޯދަހިފުން ގިނަކުރުމާއި 2 ޞަދަޤާތް ދިނުމާއި 3 ދަމުނަމާދުކުރުމެވެ.

1 ރޯދަ:

ރޯދައަކީ އެއަމަލެއްކުރުމުން އެންމެ ގިނަ ޘަވާބު ދެއްވަވާ ޢަމަލެވެ. އަދި ނަރަކައާއި ދުރަށް މީހާ ޖައްސުވާ އެންމެ ބޮޑުބާރެވެ.

2 ޞަދަޤާތް

ޞަދަޤާތަކީ އަލިފާންގަނޑު ދަރުތައް އަންދައި ހުސްކުރާފަދައިން ތިބާގެ ފާފަތައް ނެތިކޮށްލާ އެއްޗެކެވެ. (ޞަދަޤާތަކީ ހަމައެކަނި ފައިސާއެއް ނޫނެވެ. މީހުންނަށް ކޮށްދެވޭ ކަންކަމާއި ފައިސާ ނޫން ގޮތްގޮތުންވެސް ފޯރުކޮށްދޭ އެހީތެރިކަމާއި އަދި އެންމެ ކުޑަމިނުން ހިނިތުންވެލުމަކީވެސް ޞަދަޤާތެކެވެ.)

3 ދަމުނަމާދު

ދަމުނަމާދަކީ އެމީހާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުށްތަންކޮށްދޭ ޢަމަލެވެ. އަދި ރޭގަނޑުގެ އަރާމު ނިދިކޮޅު ދޫކޮށްލާފައި ހޭލައި ނަމާދުކޮށް ޛިކުރުކުރެވޭނީ ﷲ ތަޢާލާޢަށް ވަރަށް ބޮޑަށް ލޯބިކުރެވޭ މީހަކަށެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމުގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އޮތް މީހަކަށެވެ.

ކޮންމެއަކަސް މިފަދަ ޙަދީޘްފުޅުތަކުގެ ވާހަކަތައް ވަރަށް ގިނައިން ދެކެވެއެވެ. ކިޔައިދެވެއެވެ. ސުވާލަކީ 3 ކަންތަކުގެ ތެރެއިން ތިބާއަށް ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ސުންނަތް ރޯދަ ހިފަމުހެއްޔެވެ؟ ޞަދަޤާތް ދެމުހެއްޔެވެ؟ ޞަދަޤާތުގެ މީހަކަށް ހެޔޮކަމެއް ކޮށްދެން ހެއްޔެވެ؟ ރޭގަނޑު ހޭލައި ދަމުނަމާދުގެ ދެ ރަކްޢަތް ނަމަވެސް ކުރަމުހެއްޔެވެ؟ އަދި އެކަންވެސް ނުކުރެވޭނަމަ ޢިޝާނަމާދަށްފަހުގައި ވިތުރިކުރަން ހެއްޔެވެ؟

ﷲ ތަޢާލާ ސުވަރުގެ އުފައްދަވާފައިވަނީ މީސްތަކުންނަށްޓަކައެވެ. ނަމަވެސް ސުވަރުގެ އެދިގެން ދުނިޔޭގައި މަސައްކަތްކުރާ މީހުންނަށްޓަކައެވެ. ޤިޔާމަތް ދުވަހު 2 ވަނަ ފުރުޞަތަކަށް އެދެންޖެހޭނެ މީހުންނަށް އެ ފުރުޞަތެއް ނުދެއްވަވާނެތެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް