އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮޕަރޭޝަން ކުރަނގީގެ ދަށުން ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި

އޮޕަރޭޝަން ކުރަނގީގެ ދަށުން ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ރާއްޖޭގައި ޤަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ"ގެ ދަށުން މިހާތަނަށް 109،722 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނާގޮތުގައި، މި އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި، ފޭސްރިކޮގްނިޝަން ހެދުމާއެކު، އެ ބިދޭސީން ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނާއި ޤަވައިދުގެ ދަށުންތޯ ބަލައި ޔަޤީންކުރެވެމުންދެއެވެ.

މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ ސަރަހައްދުގައި އެކަނި 67،214 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި މި މަސައްކަތް ކުރިއަށްދަނީ ރަށްރަށުގެ ކައުންސިލްތަކުގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމް ޤާއިމްކޮށްގެންކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެގޮތުން މިހާތަނަށް 186 ކައުންސިލެއްގައި މި ނިޒާމް ޤާއިމްކޮށްފައިވާއިރު، 80 ރަށަކުން ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ފުރިހަމަ މައުލޫމާތު އެއްކޮށް، ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު