އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވައިފިއެވެ. އެމަޤާމަށް ފަޞީޙް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގައި ކުރިން ހުންނެވި ޝަމްއާން ވަނީ މަޤާމުން ވަކިކުރައްވައިފައެވެ. ވަކިކުރެއްވި ސަބަބު ސަރުކާރުން އަދިހާމަކުރައްވާފައި ނުވިނަމަވެސް އޭނާ މަގާމުން ވަކިކުރައްވާފައި މިވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކަކަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާކަން ހާމަކޮށްފައި ވަނިކޮށެވެ.
ފުލުހުންގެ މުއައްސަސާއިން ބުނެފައިވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުންދާކަމަށާއި މި މައްސަލައާ ގުޅިގެން ބުރާސްފަތިދުވަހުގެރޭ ގެއެއް ބަލާފާސްކޮށް، 3 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.
Advertisement
21 މާޗް 2025