އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދަރިން ލިބުމަކީ ޞިއްހަތަށް ބޮޑެތި ފައިދާތައް ހުރި ބަދަލުތައް އައުމަކީ ޢުމުރާ އަދި ހަށިގަނޑު ފަލަވުމާވެސް ގުޅުންހުރި ކަމެއް ނޫންކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދަރިން ލިބުމަކީ ޞިއްހަތަށް ބޮޑެތި ފައިދާތައް ހުރި ބަދަލުތައް އައުމަކީ ޢުމުރާ އަދި ހަށިގަނޑު ފަލަވުމާވެސް ގުޅުންހުރި ކަމެއް ނޫންކަން ތަޖުރިބާކުރެވުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

އަޅުގަނޑުގެ ފުރަތަމަ ކައިވެނިކުރެވުނީ ޢުމުރުން 23 އަހަރުގައެވެ. އެކައިވެނި ރޫޅުނީ ކައިވެންޏަށް 6 ވަނަ އަހަރުއެވެ. އެކައިވެނީގައި ދަރިއަކު ލިބުނެވެ.  

ކައިވެނި ރޫޅުނު އަހަރު ދެވަނަ ކައިވެނިކުރީމެވެ. ދެވަނަ ފިރިމީހާ ޢާއިއެކު ދެފަހަރު ކައިވެނިކޮށް އެކުގައި 10 އަހަރު ހޭދަކުރީމެވެ. ދަރިއަކު ނުލިބެއެވެ.  

3 ވަނަ ކައިވެނި ކުރެވުނީ ޢުމުރުން 41 އަހަރުގައެވެ. ކައިވެނިކުރި ތަނާހެން ދަރިއަކު މިވަނީ ލިބިފައެވެ.  

އަޅުގަނޑުގެ ޙަޔާތާއިމެދު ފާހަގަކުރަންބޭނުންވާ ދެކަމެއް އެބަ އޮތެވެ.  

1 އަޅުގަނޑަކީ އަބަދުވެސް ޕީރިއަޑް މައްސަލަ ޖެހޭތީ ބޭސްކާން ޖެހުނު އަންހެނެއްކަމާއި 3 ވަނަ ފިރިމީހާ ޢާއި ކައިވެނިކުރިފަހުން ބޭސްނުކައި ޤަވާޢިދުން ޕީރިއަޑްވަމުން އަންނަކަން. 

2 އަޅުގަނޑަކީ އެއްއިރެއްގައި ހިކި އަންހެނެއް ނޫނެވެ. ޢުމުރުން 40 އަހަރުން މަތިވީފަހުން 2 ވަނަ ދަރިފުޅު މިލިބުނީވެސް ހަމަ ފަލަކޮށް ހުއްޓައެވެ.  

އެހެންވީމާ ފަލަވުމާއި ޢުމުރުން 40 އިން މައްޗަށް ދިއުމުން ދަރިން ލިބެން ހުރަސްއެޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ޤަބޫލުކުރެވޭކަށް އަޅުގަނޑަކަށް ނެތެވެ.  

3 ވަނަ ކަމަކީ އަބަދުވެސް އަޅުގަނޑު އައީ ފުރިހަމަ ޞިއްޙަތަކަށާއި ހެޔޮލަފާ، އަޅުގަނޑު ދެކެ ލޯބިވާ، ލޯބިން އަޅުގަނޑު ގެންގުޅޭނެ ފިރިއަކަށް އެދި ދުޢާކުރަމުންނެވެ. އަޅުގަނޑު ވަރުބަލި ކަމެއް ނެތި ކުރަމުން އައި ދުޢާ މިހާރު މިވަނީ ޢިޖާބަ ކުރައްވަވައިފައެވެ. އިން ޝާ ﷲ 

މިހާރު އަޅުގަނޑަށް ބޭސްކާންޖެހޭ ބައްޔެއް ނެތެވެ. ލިބިފައިވާ ފިރިމީހާއަކީ އަޅުގަނޑުގެ ދެކެ ވަރަށް ލޯބިވާ ފިރިއެކެވެ. މާޝާﷲ

- ޒުބައިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

(މިވާހަކައަކީ މިއަދުނޫހުގައި ވަރަށް ގިނައިން ލިޔަމުން މިއަންނަ ދީނީ ވާހަކަތަކާއި ވަރަށް ގުޅުން ބޮޑު ވާހަކައަކަށްވާތީ ފާހަގަކޮށްލަމެވެ. ހެޔޮ ލަފާ ރަނގަޅު ބައިވެރިއަކު ދެއްވެވުމާއި ދަރިން ދެއްވެވުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެކަމަކަށް ވަކި ޢުމުރެއް ނެތެވެ. އަދި އެއީ ކިތައްވަނަ ފިރިމީހާ ކަމެއްވެސް ނުއެނގޭނެއެވެ. އޮތީ މާޔޫސްނުވެ ތަޤްވާވެރިވެ ހުރެ ދުޢާކުރަމުން ގެންދިއުމެވެ.  

ކިޔުންތެރިޔާ ބުނި ގޮތުގައި އޭނާއަކީ ދަމުނަމާދުކޮށް ދުޢާކުރަމުން އައި އަންހެނެކެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް