އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފަށަނީ

ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން 550 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައްޔިތުންނާ ގާތުން މައުލޫމާތު ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްރޫއުތަކުގެ މަސައްކަތްތައް މިހާރުވެސް އެކި ފަރާތްތަކާ ހަވާލުކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ ތެރޭގައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތަކާއި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުން ހިމެނެއެވެ. މި ވަސީލަތްތަކުގައި ކުޅިވަރުގެ އެކި ވަސީލަތްތައްވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ބާރަށް އެ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން އިގްތިސާދު މެނޭޖްކުރަމުން، ރައްޔިތުންނަށް މިކަންކަމުގައި ލުއިތައް ދެމުން ކޮށްދެމުންދާތަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މަޝްރޫއުތަކަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، ރަށްރަށުގެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެއް ކަމަށް ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު