އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޒުމަރު ސޫރަތް: ތިމާގެ ނިމުން ތިމާއާ ބައްދަލުކުރަން ބޭނުންވާ ގޮތް ކަނޑައަޅައި ކުރިއަށް ތައްޔާރުވާން އިންޒާރު ލިބިގެންދާ ސޫރަތް-

އައްޒުމަރު ސޫރަތް: ތިމާގެ ނިމުން ތިމާއާ ބައްދަލުކުރަން ބޭނުންވާ ގޮތް ކަނޑައަޅައި ކުރިއަށް ތައްޔާރުވާން އިންޒާރު ލިބިގެންދާ ސޫރަތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

 

 

އައްޒުމަރު ސޫރަތަކީ އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ކޮންމެ ރެއަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވަމުން ގެންދެވި ސޫރަތެކެވެ. އެހެންކަމުން އެއީ އަހުރެމެންނަށްވެސް ކުރަން އޮތް ކަމެކެވެ. އެހެންވެ މިބަލައިލަނީ އެކަން ކުރަންޖެހޭ ބައެއް ސަބަބުތަކުގެ މައްޗަށެވެ.

ކީރިތި ޤުރައާން ބާވައިލެއްވެވިފައިވަނީ ހަމައެކަނި އެއިގެ ދެލިގަނޑު ކިޔާކަށް ނޫނެވެ. ކިޔައި ވިސްނައި ފިކުރުމަށެވެ. ފިކުރުކުރުމުން ލިބޭ ފިލާވަޅުތަކަށް ޢަމަލުކުރުމަށެވެ. ނަރަކައިން މިންޖުވެ ސުވަރުގެ ހޯދާނެ މަގު ދަސްކުރުމަށެވެ.

ކީރިތި ޤުރްއާނުގެ 39 ވަނަ ސޫރަތުގެ ނަމަކީ الزمر"އައްޒުމަރު" އެވެ. މާނައަކީ ފައުޖުތަކެވެ. ވީމާ މިކަންމިވާގޮތާއިމެދު ވިސްނައިލަމާހެއްޔެވެ؟

 

މީސްތަކުން ސުވަރުގެ ވައްދަވާނީވެސް ފައުޖުތަކަށެވެ. ނުވަތަ ގްރޫޕުތަކަށެވެ. އެމީހަކު ދުނިޔޭގައި އުޅުނުއިރު ކުލަ ޢަމަލުތައް ކުޅަ ހެޔޮލަފާ މީހުންގެ ފައުޖުތަކުގައެވެ. އެމީހާގެ ގާތް މިތުރުން ކަމުގައި ބެލިމީހުންގެ ފައުޖުތަކާއިއެކުގައެވެ.

ހަމައެފަދައިން މީސްތަކުން ނަރަކައަށް ވައްދަވާނީވެސް ހަމައެފަދައިންނެވެ. އެމީހަކު އެކުގައި އުޅުނު، އެމީހާ ކުރި ނުބައި ޢަމަލުކުރި މީޙުންގެ ފައުޖުތަކާއިއެކުގައެވެ.

މީސްތަކުންނޭވެ! ﷲ ތައާލާއަށް ނުކިޔަމަންތެރިވެ ނުބައި އަމަލުތައްކުރާ މީހުންނާއިއކުގައި ދުނިޔޭގައި ނުއުޅެންވީ މި ސަބަބަށްޓަކައެވެ. އެކަމުގެ ސަބަބުން އެމީހުންނާއިއެކު ނަރަކައަށް ވަންނަން ޖެހިދާނެކަމުގެ ބިރު ބޮޑުކަމުންނެވެ. ހަމައެފަދައިން ހެޔޮ ޢަމަލުތައްކުރާ ޞާލިޙުންނާއިއެކު އުޅެންވީވެސް މި ސަބަބަށްޓަކައެވެ. އެމީހުންނާއިއެކު ސުވަރުގެ ވަނުމުގެ އުންމީދުގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް