އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ވަރަށް ދަތިޙާލުގަ 2 އެކުވެރިން އުޅޭތީ ހިލޭ ސާބަހަށް ގޭގަ ބޭތިއްބީމަ ފިރިމީހާއާގުޅި ގުޅުން ހިންގީ! ކިތަންމެ ދަތިޙާލުގަ އުޅުނަސް އެހީތެރިވެދެވެން އެބައޮތްތަ؟

ޢިބްރަތްތެރި ވާހަކަ: ވަރަށް ދަތިޙާލުގަ 2 އެކުވެރިން އުޅޭތީ ހިލޭ ސާބަހަށް ގޭގަ ބޭތިއްބީމަ ފިރިމީހާއާގުޅި ގުޅުން ހިންގީ! ކިތަންމެ ދަތިޙާލުގަ އުޅުނަސް އެހީތެރިވެދެވެން އެބައޮތްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 6 ސިކުންތު

އަޅުގަނޑުގެ މައިންބަފައިންނަކީ އެހައި ތަނަވަސް ބައެއް ނޫން ނަމަވެސް ލިބޭ މިންވަރުން ފުއްދައިގެން އުފަލުގައި ދިރިއުޅެމުން އައި ބައެކެވެ. ގޯތީގެ ކަނެއްގައި ކުޑަ ގެއެއްވެސް އެޅިއެވެ. ދެބުރި ކުއްޔަށް ދިނެވެ. އަނެއްބައިގައި ދިރިއުޅުނީއެވެ. 

ގެއަޅަން ނެގި ލޯނު ދައްކައި ނިމުނުތަނާހެން ދެމަފިރިން ދުނިޔެ ދޫކޮށްފިއެވެ. ބަލިވެ އުޅެފައެއްވެސް ނޫނެވެ. އެހެންވެ އެމީހުންނަށް މާބޮޑު ޚިދުމަތެއް ކުރާނެ ފުރުޞަތެއް ނުލިބުމުން ހުރީ ވަރަށް ދެރަވެފައެވެ. 

ދިރިއުޅޭ ބައަކީ 3 ކޮޓަރީގެ އެޕާޓްމަންޓެކެވެ. އެހެންކަމުން 2 ކޮޓަރި ހުހަށް ބެހެއްޓުމުގެ ބަދަލުގައި 1 ކޮޓަރި ކުއްޔަށްދިނީމެވެ. އަނެއް ކޮޓަރި ދިނީ ވަރަށް ގާތްކޮށް އުޅުނު ދެ އެކުވެރިންނަށެވެ. ދިނީވެސް ހަމަ ހިލޭސާބަހަށެވެ. އެއީ އެކުދިންނަކީ ވަރަށް ދަތިޙާލުގައި ދިރިއުޅެމުން އައި ދެކުދިންކަމަށްވުމުންނެވެ. ގޮތެއް ފެންނަންދެން އެހީތެރިވުމުގެ ގޮތުންނެވެ. 

އެދުވަސްވަރު ބައްދަލުވި ފިރިހެނަކު ދެއްކި ވާހަކަތައް ޤަބޫލުކުރެވި އޭނާދެކެ ލޯބިވެވި ކައިވެނިވެސް ކުރީމެވެ. ކައިވެނީގައި 2 އަހަރުވީތަނާ ދަރިއަކުވެސް ލިބިއްޖެއެވެ. ދަރިފުޅު ލިބުމުން ވަޒީފާއިން ވަކިވެ ދަރިފުޅު ބަލަން ގޭގައި ހުންނަން ފެށީމެވެ. 

އެއްދުވަހެކެވެ. ބޮޑުދައިތަ ބުނެގެން ދަރިފުޅު ގޮވައިގެން އެގެއަށް ދިއައިމެވެ. ދިއައީ އިރުއޮއްސެން ކައިރިވުމުން ގެއަށް އަންނާނެ ވާހަކަ ބުނެފައެވެ. ނަމަވެސް ބޮޑުދައިތަގެ ދަރިފުޅަކު ބަލިވެގެން ގޮވައިގެން ހޮސްޕިޓަލަށްދާން ބޮޑުދައިތައަށް ޖެހުމުން ހަވީރު 4 ޖެހިތަނާ އެނބުރި ގެއަށް އަތުވެއްޖައީމެވެ. 

ގެއަށްވަދެ ކޮޓަރި ހުޅުވައިލުމުން ފެނުނީ ޤަބޫލުކުރަން އުނދަގޫވި މަންޒަރެކެވެ. އެހެންވެ ލޮލަށް މިފެންނަނީ ރަނގަޅަށްތޯ ބަލައިލަން ވެޓްޓިޝޫއަކުން ލޯފުހެލާފައި ބަލައިލުމުންވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. ފިރިމީހާ އާއި އަޅުގަނޑުގެ 2 އެކުވެރިން އަޅުގަނޑުގެ ގޭގައި އަޅުގަނޑުގެ ކޮޓަރީގައި އަޅުގަނޑުގެ އެނދުގައި ނިދާފައި އެތިބީ ފޭރާމެއް ނެތިއެވެ. ގައިމަތީގައި ބެޑްކަވަރު އަޅާލައިގެން 3 މީހުން އެއްކަވަރުގެ ދަށުގައެވެ. ފިރިމީހާގެ ދެފަރާތުގައި 2 އެކުވެރިންނެވެ. 

ދަރިފުޅު ގެންގޮސް ކުއްޔަށް އުޅޭ މީހުންނާއި ޙަވާލުކޮށްފައި އައިސް ފާޚާނާއަށްވަދެ ފެންހޮޅި ދޫކޮށްލައިގެން އެނދަށް ފިސާރި ރަނގަޅަށް ފެންޖަހައިލީމެވެ. 3 މީހުން ފުންމައިގެން ތެދުވީމާ ގަދައަށް ހޭންފެށީމެވެ. ކުލީ ކޮޓަރީގައި އުޅޭ މީހުންނަށް ގޮވައި އެމީހުންނަށްވެސް މަންޒަރުދެއްކީމެވެ. 

ދެއެކުވެރިންނާއި ފިރިމީހާ ވަރަށް ގިނަ ވާހަކަތައް ކިޔައިދޭން އުޅުނެވެ. އަޅުގަނޑު ބުނީ 3 މީހުންވެސް އަވަހަށް ގެއިން ނުކުމެގެން ގޮސް 3 މީހުން އެކުގައި ތިބެގެން ވާހަކަތައް ދެއްކުމަށެވެ. އަޅުގަނޑަށް އިތުރަށް ކިޔައިދޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. 

ކޮންމެއަކަސް ހަމައެވަޤުތުން ފެށިގެން 3 މީހުން ގެއިން ނެރެލައި އެކަނިވެރި ދިރިއުޅުމެއް އުޅެމުން އައިސް 2 އަހަރުވީފަހުން ކައިވެނިކޮށް ދެވަނަ ކައިވެނީގައި މިހާރު 10 އަހަރުވެއްޖެއެވެ. ފިރިމީހާއަކީ ވަރަށް ތަޤްވާވެރި ރަނގަޅު މީހެކެވެ. ކޮންމެ ރެއަކު ދަމުނަމާދަށްވެސް ހޭލައްވައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިވި މިކަންތަކުގެ ވާހަކަ މިކިޔައިދިނީ ކިތަންމެ ހެޔޮކޮށް ހިތައިގެން އެކުވެރިން ގާތުގައި ގެންގުޅުނު ނަމަވެސް ބައެއް އެކުވެރިންގެ ފަރާތުން ކަންކަން ކުރިމަތިވާ ގޮތުގެ ވާހަކަ ކިޔައިދިނުމަށެވެ. މިކިޔައިދެވުނީ އެފަދަ ވާހަކައެކެވެ. އެއްވެސް ޙާލެއްގައި ހުރިހާ އެންމެން އެއްގޮތް ކުރާކަށް ނެތީމެވެ. ނަމަވެސް މިއަދު ގިނައީ މިފަދަ އެކުވެރިން ކަމުގައި ބުނަން އެބަޖެހެއެވެ. 

ޙަޤީޤަތުގައި މިވާހަކަ ކިޔައިދޭން ޖެހުނު އެއް ސަބަބަކީ އެއީ މީގެ 12 ވަރަކަށް އަހަރު ކުރިނަމަވެސް މިދިއަ ޑިސެމްބަރުމަހުވެސް ހަމަ މިފަދަ ޙާދިސާއެއް އަޅުގަނޑުގެ ދެބެންގެ ދެދަރި ކޮއްކޮއަކަށް ކުރިމަތިވެއްޖެއެވެ. އެދުވަހު ވަރަށް ދެރަވިއެވެ. އަޅުގަނޑަށް އެހާލުގައި ޖެހުނު ދުވަހަށްވުރެވެސް މާބޮޑަށް ދެރަވިއެވެ. އިންސާނުންނަށް މިއަދު މިތިބީ ކިހިނެއްވެފައި ކަމާއިމެދުވެސް ސުވާލު އުފެދެއެވެ.

 

- ނަރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް