އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު
ކޮންމެ ފަރުޟް ނަމާދަކަށްވެސް ރައްކައުތެރިވާންޖެހޭނެއެވެ. ހުކުރުނަމާދަކީވެސް ފަރުޟް ނަމާދެއްގެ އިތުރުން ވަރަށް ޚާއްޞަކަން ދެވިފައިޥާ ނަމާދެކެވެ. ނަމަވެސް ހުކުރުނަމާދަށްވެސް އިހްމާލުވާ ބައަކު އެބަ އުޅެއެވެ. އެއް ބައަކު ތިބެނީ ނިދާށެވެ! އަނެއް ބައަކު ކުރަން ނުޖެހޭ ދަތުރުތައް ކުރުން ފަދަ ކަންކުރަނީއެވެ. އަދި ހުކުރަށް ނުގޮސް މަސައްކަތުގައިވެސް އުޅެނީއެވެ. ވީމާ މިއީ ހޭލުންތެރިޥާންޖެހިފައިވާ ކަމެކެވެ.
ދަރިން ނުވަތަ އެނޫންވެސް ހުކުރުވާޖިބުވާ މީހުން ހުކުރަށް ނުގޮސް ނިދަން ތިބިއަނުދޭށެވެ! ހޭލެއްވުނު ގޮތަކަށް ހޭލައްވައި ހުކުރަށް ފޮނުވަން މަސައްކަތްކުރާށެވެ! އެއީވެސް ހުކުރަށް ދިއުމަށް އާދަވާނެ ކަމެކެވެ. އިން ޝާ ﷲ
ސ: ހުކުރު ނަމާދު އަޅާ މީހާގެ ޙުކުމަކީ ކޮބައިތޯ؟
ޖ: ހުކުރު ނަމާދަކީ އެއީ ރަށުގައި ޤާއިމުވެ ތިބޭ ފިރިހެނުންގެ މައްޗަށް ފަރުޟު ނަމާދެއް ނުވަތަ ވާޖިބު ނަމާދެއް. އެހެންވީމާ ރަށުގައި ޤާއިމްވެ ހުރި އަދި އެ މީހެއްގެ ސިއްހަތު ސަލާމަތުން ހުރި މީހަކު އެއްވެސް އުޒުރެއްނެތި ހުކުރަށް ނުގޮސް ހުރުމަކީ އެއީ ހުއްދަވެގެންވާނެ ކަމެއް ނޫން. އޭގެ ބަދަލުގައި ކުރިން ވެސް ދެންނެވި ފަދައިން ހުކުރު ދުވަހު ހުކުރު ނަމާދަށް ޖަމާޢަތަށް ހާޒިރުވެ، ޚުޠުބާ އަޑުއަހާ އަދި ނަމާދުގައި ބައިވެރިވެ ނަމާދުކުރުމަކީ އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް.
ގަސްދުގައި އެއްވެސް އުޒުރެއް ނެތި ހުކުރު އަޅާ ކަމުގައި ވާނަމަ އޭގެ މާނައަކީ އޭނައަށް އެ ކުރެވެނީ ވަރަށް ބޮޑު ފާފައެކޭ. ޙަދީޘެއްގައި އައިސްފައިވާ ކަމަށް އަޅުގަނޑު ހަނދާނަށް އާދޭ، ވިދިވިދިގެން ތިން ހުކުރު އަޅައިފި ނަމަ އެ މީހެއްގެ ހިތުގައި ސިއްކަ ޖެއްސެވޭނެ ކަމަށް. މާނައަކީ އަބާއްޖަވެރިންގެ ގޮތުގައި އޭނަ ސިއްކަ ޖެއްސެވޭނެ ކަމަށް މި ވަނީ. އެހެންވީމަ އުޒުރެއްނެތި ގަސްދުގައި ހުކުރު އެޅުމަކީ އެއީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއްނޫން.
Advertisement
31 މާޗް 2025