އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު
އާ ދިރާސީ އަހަރަށް ކުރިމަތިލާ އިރު މަތިވެރި އަޒުމަކާއި އާ ހިތްވަރަކާއެކު އުނގެނުމަށް މަސައްކަތް ކުރުމަށް, މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ދަރިވަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ މިފަދައިން އިލްތިމާސްކުރެއްވީ ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. މީގެ އިތުރުން ދަރިވަރުންނަކީ އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރިވާ، ޒިންމާދާރު އަދި އެކަކު އަނެކަކަށް އިހްތިރާމްކުރާ ދަރިވަރުންނަށް ވުމަށާއި އުނގެނުމަށް ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ ދަރިވަރުންނަށް ވުމަށް މިނިސްޓަރ ނަސޭހަތްތެރިވިއެވެ.
މިނިސްޓަރ އިތުރަށް ވަނީ މި ދިރާސީ އަހަރު އާ ހިތްވަރަކާއެކު ކާބަފައިގެ އިސްލާމީ ރިވެތި އާދަތަކާއި ސިފަތަށް އާލާކުރުމަށް ތަޢުލީމީ ދާއިރާގެ މަދަދުގާރުންނަށް ގޮވާލައްވާފައެވެ. އަދި މުޖުތަމަޢު އެދޭފަދަ އުފާވެރި އުނގެނުމުގެ ވެއްޓެއް ބިނާވާނީ ކޮންމެ ސްކޫލެއްގެ މާހައުލަކީ އެކަކު އަނެކަކަށް ލޯތްބާއެކު އަޅާލާ, އެހީތެރިވާ އަދި އޯގާތެރި މުޖުތަމައެއް އޮންނަ މާހައުލަކަށް ވެގެންކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު
Advertisement
7 އޭޕްރީލް 2025