އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުންނަތް ރޯދައަކަށްވިޔަސް ފަރުޟް ރޯދައަކަށްވިޔަސް ބަނޑުން ނުހިފާ ހިތުން ހިފަން މަސައްކަތްކުރާށެވެ!

ސުންނަތް ރޯދައަކަށްވިޔަސް ފަރުޟް ރޯދައަކަށްވިޔަސް ބަނޑުން ނުހިފާ ހިތުން ހިފަން މަސައްކަތްކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ފުރަތަމަވެސް ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ކޮންމެވެސް ކަމެއް ދިމާވެގެން ޓްރެފިކް ބްލޮކްވީއެވެ. ވެގެންއުޅޭ ގޮތަކާއިމެދު ވިސްނައިވެސް ނުލައި ބައެއް މީހުން އޭނާ އިން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްފައި މީހަކާއިދިމާއަށް އެއްޗެތިގޮވަން ފަށައިފާނެއެވެ. އެއިރުން އެމީހާއަށް އެހުރެވެނީ ބަނޑުން ރޯދަހިފައިގެންނެވެ.

އެފަދަ ޙާލަތެއްގައި ހިތުން ރޯދަހިފައިގެން ހުންނަ މީހާ ދޭނީ ވަރަށް ކުރުކުރު ޖަވާބެކެވެ. "އަހުރެން މިހުރީ ރޯދައަށެވެ." އެހެން ބުނެފައި އޭނާ އަޅައިވެސް ނުލާނެއެވެ. އެއީ އެމީހާއަށް ރައްދުދީ ޒުވާބުކޮށް އޭނާގެ ރޯދައިން ބައެއް އުނިކޮށްލަން ބޭނުންނުވާނެތީއެވެ.

ހިތުން ރޯދަހިފުމުގެ ވާހަކައަކީ އައު ވާހަކައަކަށްވެސް ވެދާނެއެވެ. އެއީ ޢިލްމުވެރިން ޢާންމުކޮށް އެބަސް ބޭނުން ނުކުރައްވާތީއެވެ! އިންސާނުން ކުރާ ކޮންމެ ޢަމަލަކަށްވެސް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ އޭނާގެ ނިޔަތުގެ މައްޗަށްކަމަށްވުމުން ޢަމަލުތަކުން ރޯދަހިފުމުގެ އިތުރުން އަދި ހިތުން ރޯދަހިފަން އެބަޖެހެއެވެ.

ފަރުޟް ރޯދައެއް ނަމަ ރޯދަ ހިފުމަށް ނިޔަތް ގަންނަނީ ރޭގަނޑުއެވެ. ސުންނަތް ރޯދައެއް ނަމަ ނިދީން ހޭލެވުނުއިރަކުން ނިޔަތް ގަތަސް ފުދޭނެއެވެ. ހެނދުނު ސައިބޯން ބަލާއިރު ގޭގައި އެއްޗެއް ނެތުމުން ނިޔަތްގަތަސް ފުދޭނެއެވެ.

އެހިސާބުން އެބައި ނިމުނީއެވެ. ދެން އޮތީ ރޯދަ ކުރިއަށް ގެންދިއުމުގެ ބައެވެ. އެބައި ކުރިއަށް ގެންދެވޭނީ ހިތުންނެވެ. އެހެނީ ތިމާ މިހުރީ ރޯދައަށްކަން އަބަދުވެސް ހިތުގައި ނުބާއްވާ މީހަކަށް ރޯދަ ނުހިފޭނެތީއެވެ.

ބައެއް މީހުންނަށް ރޯދައަށް ތިބެ ނުބައި ޢަމަލުތައް ކުރެވެނީ ދުލުން ނުބައި ބަސްތައް ބުނެވެނީ، ވަގުތު ބޭކާރުކުރެވެނީ، މިބަޔާންކުރިފަދައިން ތިމާ މިހުރީ ރޯދައަށްކަން ހިތުގައި ނުއޮންނާނާތީއެވެ! އެކަން ހިތުގައި އޮންނަނަމަ ރޯދައަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެއެވެ.

މިފަދަ ކަންކަމަށް ބަލައިފިނަމަ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ހިތުން ރޯދަހިފުމަށެވެ. ހިތުން ރޯދަހިފައިގެން ނޫނީ ރޯދަ ހިފުމުން ލިބެންވާ ފުރިހަމަ ޘަވާބު ނުހޯދޭނެތީއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް