އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވެފައިވާ ހިތެއް ހިފައިގެން އުޅޭ މީހަކަށްވެގެން ސަލާމަތެއް ނުވެވޭނެ! އުފަލެއްވެސް ނުލިބޭނެ!: ޝައިޚް އަބޫބަކުރު ޒައުދު

މަރުވެފައިވާ ހިތެއް ހިފައިގެން އުޅޭ މީހަކަށްވެގެން ސަލާމަތެއް ނުވެވޭނެ! އުފަލެއްވެސް ނުލިބޭނެ!: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ފާފައެއް ކުރެވުމުން އެކަމުން ތައުބާވުމަށް ރަނގަޅު ވަގުތެއް ޖެހެންދެން އެބަ މަޑުކުރެއެވެ! ބައެއް މީހުން މަޑުކުރަނީ ރަމަޟާންމަސް، ޢަރަފާތު ދުވަސް ފަދަ ދުވަހެއް އަންނަންދެންނެވެ. އެމީހުންނަށްވާގޮތަކީ ރަމަޟާންމަސް އައުމުން ދެން މަޑުކުރެވެނީ ފަހު ދިހަ އަންނަންދެންނެވެ. ދެން މަޑުކުރެވެނީ 27 ވިލޭރޭ އަންނަންދެންނެވެ. ރަމަމާން މަސް ނިމޭއިރުވެސް ތައުބާ ނުވެވުމުން ދެން މަދޫކުރަނީ ޢަރަފާތު ދުވަސް އަންނަންދެންނެވެ. 

ހަމަކަށަވަރުން މިއީ އެއްވެސް ޙާލެއްގައި މުސްލިމުން ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ. 

އަހަރެންގެ ބަސް އަޑުއަހާށެވެ! ފާފައެއް ކުރެވެމުން ގޮސް މެދުތެރެއިންނަމަވެސް މިކުރެވެނީ ފާފައެއްކަން ހިތަށް ވަދެއްޖެނަމަ އަވަހަށް އެފާފަ ކުރުން ހުއްޓާލައި ތައުބާވުމަށް އަވަސްވެގަންނާށެވެ! އަދި ވިއްދައިގެން ހެޔޮ ޢަމަލެއްވެސް ކުރާށެވެ! 

ތައުބާވުމަކީ ފެންވަރައި ރީތިވެ ޒީނަތްތެރިވެގެން ކުރަން އޮތްކަމެއް ނޫނެވެ. ވަކި ދުވަހެއްގެ ވަކިވަގުތަކު ކުރަން އޮތް ކަމެއްވެސް ނޫނެވެ. ތައުބާވާން ބޭނުންވާ ވަގުތު ޖެހުމުގެ ކުރިން މަރުގެމަލާއިކަތާ ވަޑައިގެން ފުރާނަ ހިއްޕަވައިފާނެކަމަށް ބިރުވެތިވާށެވެ! 

ފާފަކުރެވެނީ ހިތްމަރުވުމުންނެވެ. އެހިތަށް ދިރުން ލިބުންވަނީ ތައުބާވެ ޛިކުރުކުރުމުންނެވެ! މަރުވެފައިވާ ހިތެއް ހިފައިގެން އުޅޭ މީހަކަށް ތެދުމަގު ފެންނާނީވެސް ކިހިނަކުން ހެއްޔެވެ؟ ތެދުމަގު ނުފެނި ހެޔޮ ޢަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟ ހިތަށް ދިރުން ނުދީ ހިތް ޠޯހިރެއް ނުކުރެވޭނެއެވެ! 

މަރުވެފައިވާ ހިތެއް ހިފައިގެން އުޅޭ މީހަކަށް ލިބޭނީ ޙަޤީޤީ އުފަލެއް ހެއްޔެވެ؟ ތަނަވަސްކަން ލިބިފައިވީނަމަވެސް ގިނަ ބައަކަށް އުފަލުގައި ނުއުޅެވޭ ސަބަބަކީވެސް ހަމަ އެއީއެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް